ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 9 މައްސަލައެއް މުޅިން ނިންމައި ފައިނަލް ރިޕޯޓް އެކުލަވާާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގުރާމްގެ ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނާއި، މަރު ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުދާކަމަށެވެ.

"އަޅުގަނޑު ބޭނުންވި ސްޕީޑްގައި އެމަސައްކަތެއް ނުކުރެވޭ. މިއިން ކޮންމެ ކަމެއްގެ އެންމެ އަޑި ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އެއްކޮށް މަސައްކަތް ނިންމާ ނުލެވުނު ނަމަވެސް ރަނގަޅު މަސައްކަތްތަކެއް މިހާތަނަށް ކުރެވިއްޖެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް ވިދާޅުވީ މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 9 މައްސަލައެއް މުޅިން ނިންމައި ފައިނަލް ރިޕޯޓް އެކުލަވާާލުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެ މަސައްކަތްތަކާއެކު ރައްޔިތުންނަށް އޮތް އިތުބާރު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނާއި، މަރު ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންނުވި ނަމަވެސް ރައްޔިތުންނަށް އިތުބާރު ހޯދައިދެއްވުމަށް ގެންނަވަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ މިވޭތުވެ ދިޔަ ކުރު މުއްދަތުގެ ތެރޭގައި ޖުމުލަ ގޮތެއްގައި ސަރުކާރުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކޮވިޑުގެ މި ދަތި ޙާލަތުގައިވެސް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން