މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހަތަރު މިނިސްޓަރެއް އެކި ސަބަބުތަކާއި ހުރެ ބަދަލުކުރިނަމަވެސް އެ ހުރިހާ ކަމެއް ކުރައްވާފައިވަނީވެސް ލީޑަރުންނާއި މަޝްވަރާކުރައްވައި ހިޔާލު ހޯއްދެވުމަށް ފަހުގައި ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ހުރިހާ ކަމެއް ކުރައްވަނީ ކޯލިޝަންގެ ލީޑަރުންގެ މަޝްވަރާއާއި އެކުގައި ކަމަށެވެ. އެގޮތުން، ވަކިވަކިން ލީޑަރުންނާއި ފޯނުން ގުޅުއްވައި މުހިންމު ކަންތައްތަކުގައި މަޝްވަރާކުރައްވާކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ. އަދި، އަމިއްލަފުޅަށްވެސް ކަންކަމުގައި އިސްނަންގަވައި މަޝްވަރާކުރެއްވުމަށް ގުޅުއްވާކަން ފާހަގަކުރައްވައި ކޯލިޝަން ލީޑަރުންނާއި އެކު އޮންނަ ގުޅުން ރަނގަޅު ކަމަށް ރައީސް ވިދާޅުވިއެވެ.
ކޯލިޝަނަކާއެކު ކުރިޔަށް ވަޑައިގެންނެވުމަކީ އެހާ ދަތިކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ދާދިފަހުން ޖުމުހޫރީ ޕާޓީގެ ސޮލެޓެއްގައި ވަޒީރު ކަމުގައި ހުންނެވި ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން އިސްތިއުފާ ދެއްވުމުން އެމަގާމަށް ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީގެ ބޭފުޅަކު ހަަމަޖެއްސެވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައި އެމަނިކުފާނުގެ ތާއިދާއެކު ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.
އެގޮތުން ގާސިމަށް ގުޅުއްވައި އެމަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ދޫކޮށްދިނުމަށް އެދިވަޑައިގެންނެވުމުން ގައުމާއި ރައްޔިތުންނަށް ފައިދާ ހުރިގޮތަކަށް އެކަން ނިއްމައިދިނުމަށް ގާސިމް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް އިބްރާހިމް ވިދާޅުވިއެވެ. ރައީސް ވަނީ އެކަން ފާހަގަކުރައްވައި ގާސިމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ޖުމުހޫރީ ޕާޓީގެ ސޮލެޓެއްގައި ހުންނެވި ކުރީގެ މިނިސްޓަރ އަލީ ވަހީދު މަގާމުން ވަކިކުރެއްވުމަކީ ނިންމެވުނު ރަނގަޅު ނިންމެވުމެއްކަމަށާއި އެކަން ހުދު އޭނާ އަމިއްލަފުޅަށްވެސް ގަބޫލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމައްސަލައަށް އަލިއަޅުއްވާ ލައްވަމުން ރައީސް އިބްރާހީމް ވިދާޅުވީ މައުލޫމާތުތައް ލިބުމާއިއެކު، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މައްސަލައިގެ ބާވަތުން އަވަހަށް އަމަލުކޮށް، ނިންމުންތައް ނިންމެވީކަމަށެވެ. އެމައްސަލަ މިހާރު އޮތީ ޕީޖީގައި ކަމަށާއި ނިޒާމްގެ ތެރެއިން އެކަން ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު