އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި 3000 ފްލެޓްގެ ބިންގާ އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، އަންނަ 2021 ވަނަ އަހަރުގެ ބަޖެޓްގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެގޮތުން ގިނަ މަޝްރޫއުތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ. މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންމެ އެދެވިގެންވާ ސްޕީޑެއްގައި ކުރިޔަށް ނުދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
" ކުރިއަށް އޮތް އަހަރު އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ މާލޭގައި ބޯހިޔާވަހިކަން ނެތް ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިޔުން. މިމަހާއި އަންނަ ޑިސެންބަރު މަސް ތެރޭގައި އޭގެ އަމަލީ މަސައްކަތް ފެށިގެންދާތަން ފެނިގެންދާނެ. އެގޮތުން މިމަހާއި އަންނަ މަހު 300 ފުލެޓްގެ ބިންގާ އެޅިގެންދާނެ ނުކުރެވި ހުރި މަސައްްކަތްތަކަށް ފޯކަސް ކޮށްގެން ކުރިއަށް އޮތް އަހަރު މަސައްކަތް ފަށައިގަންނާނީ." ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމު ވަޢުދަކީ ރައީސް އިބްރާހީމްގެ ރިޔާސީ ވަޢުދުތަކާއި އެމްޑީޕީގެ އެޖެންޑާ 19 ގައި ހައްލު ގެނަސް ދިނުމަށް ހިމަނާފައިވާ މުހިންމު ސިޔާސަތެކެވެ. އޭގެތެރޭގައި މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް މި ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު