އެމްއެމްޕީއާރްސީީގެ މައި އިދާރާ: ފޮޓޯ މީސްމީޑިއާ
އެމްއެމްޕީއާރްސީީގެ މައި އިދާރާ: ފޮޓޯ މީސްމީޑިއާ
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ 200 އަށް ވުރެ ގިނަ މީހުންގެ މައްޗަށް އެއްކޮށް ދައުވާ ކުރަން ނުފޮނުވޭނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ 200 މީހުންނަށް އެއްކޮށް ދައުވާ ކުރަން ނުފޮނުވޭނެ ކަމަށެވެ. އަދި ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެކަމުގައި އެކުލެވިގެންވަނީ ކިހާވަރެއްގެ ހަގީގަތެއްތޯ ބަލަންޖެހޭ ކަމަށް ރައީސް އިބްރާހިމް ވިދާޅުވިއެވެ.

"އެ ހަގީގަތް އަަޅުގަނޑުމެން ދެނެގަންނަންޖެހޭ. އަހުމަދު އަދީބާ މޮހޭ އާއި އޮއިއްޓޭ، މިކަހަލަ ފަރާތްތަކެއް މިއުޅެނީ އިސްކޮށް. ތިމަންނަ މިއިން ދުވަހަކު މިއިން ލާރިއެއް މިވެނި މީހަކަށް ދީފީމޭ، އެހެން ބުނެފައި އިންނަ އެއްޗެއް އަޅުގަނޑުމެންނަށް ޕީޖީ އަކަށް ފޮނުވައެއް ނުލެވޭނެ. އެކަން ވެރިފައިކޮށް އެއީ އަސްލު ހިގާފައި އޮތް ކަމެއްތޯ ބަލައިގެން އެގޮތަށް ކުރިއަށް މިގެންދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 4 ފަރާތަކަށް ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ. ކުށް ނުކުރާ މީހާ ސަލާމަތް ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން