ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މެންބަރު ކަމުގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުން ހޯމަދުވަހަށް ތާވަލުކޮށްފިއެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އައްސަދު ޝަރީފު ސުޕްރީމް ކޯޓަށް ޔައުޤޫބްގެ ގޮނޑީގެ މައްސަލަ ހުށަހެޅީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްގެ ކައުންސިލް މެމްބަރުކަމާ އޭނާ ހަވާލުވެ ވަޑައިގަތުމުން ދައުލަތުގެ އެހެން ވަޒީފާއެއް އޭނާ ގަބޫލު ކުރެއްވީ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެއެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުގެ އެހެން ވަޒީފާއެއް މަޖިލިސް މެމްބަރަކު އަދާ ކުރުމަކީ މަނާ ކަމެކެވެ.

މިމައްސަލައިގެ އަޑުއެހުންތައް ސުޕްރީމްް ކޯޓުން ވަނީ މިދިޔަމަހުގެ ފަހުކޮޅު ނިންމާލާފައެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ފަނޑިޔާރު ހުސްނުއްސުއޫދު އިންނަވާއިރު، ދެން ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން