ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް
ރައީސް ޔާމީނަކީ ޤައުމަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދެއްވި ބޭފުޅެއްކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންނަށް ގެނެސްދެއްވީ ނިކަމެތިކަން ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ޤައުމު އާރާސްތުކުރެއްވި ވެރިއެއްކަމަށެވެ. އަދި އަމާޒު ހިއްޕެވީ ސަރަޙައްދުގެ އެންމެ ފުދުންތެރި ޤައުމަކަށް ރާއްޖެ ހައްދަވަންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ހިފެހެއްޓެވީ އިސްލާމީ ރިވެތި އުސޫލުތައްކަމަށާއި ޔަޤީންކުރެއްވީ ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލުކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރުވީ ޤައުމާއި ރައްޔިތުން ނިކަމެތިކަމަށާއި، އަދި ގެއްލުވާލީ ވެރިކަމުން ޖުމްހޫރިއްޔަތުގެ ސިފަތައްކަމަށް ޝިޔާމް ވިދާޅުވިއެވެ.



ޖުމްހޫރީދުވަސް ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާއިރު މިއަދުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާގޮތަށް ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ވަކި ޤައުމަކަށް ކަންކަމުގައި މާބޮޑަށް ބަރޯސާވެ، ބައެއް ޤައުމުތަކުގެ ނުފޫޒު ރާއްޖެއަށް ވަރަށް ބޮޑުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން