މުހައްމަދު ޣައްސާން މައުމޫން
މުހައްމަދު ޣައްސާން މައުމޫން
ދިވެހި ޖުމްހޫރިއްޔަތަށް މިއަދު 53 އަހަރު ފުރޭއިރު ޤައުމުގައި ކަންބޮޑުވާންޖެހޭ ކަންތައްތައް އެބަހުރިކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޤައުމީ ދުވަހާ ގުޅިގެން ޣައްސާން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރިއްޔަތަށް 53 އަހަރު ފުރޭއިރު ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިޤްތިޞާދީ ހާލަތާއި ސިއްހީ ހާލަތާމެދު ކަންބޮޑުވެވެވަޑައިގަންނަވާކަމަށް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ ގެއްލެމުންދާ މިނިވަންކަމަށް އެންމެން ފާރަވެރިވާންޖެހޭކަމަށާއި މިކަމަށް ޒުވާނުން އިސްނަގަންވެއްޖެކަމަށެވެ.



ޖުމްހޫރީ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާއިރު ގިނަ ބަޔަކު ދަނީ އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރަށް ތާޢީދުކުރައްވާ ބޭފުޅުން ތައުރީފްކުރައްވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ 2 އަހަރު ތެރޭގައި ސަރުކާރަށް ކަމެއްނުވާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން