އަހުމަދު މަސްނޫމް   11 ނޮވެމްބަރު 2020 - 22:27
"ލޮނުޒިޔާރަތް ޕާކު" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
"ލޮނުޒިޔާރަތް ޕާކު" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކުރި، "ލޮނުޒިޔާރަތް ޕާކު" ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ލޮނުޒިޔާރަތް ޕާކު" ހުޅުވައިދެއްވީ ދައުލަތަށް އިސް މަޤާމުތަކެއް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އޮނަރަބަލް އުމަރު ޒާހިރުއެވެ.

ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރު އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައިވެރިވެވަޑައިގަތެވެ.



ސަރުކާރުން 16 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި މިޕާކުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލެ ސިޓީ ކައުންސިލުންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ފެށި މި މަސައްކަތުގެ ދަށުން ޕާކު ތަރައްޤީކޮށްފައިވަނީ އެކި ބާވަތްތަކުގެ ގަސްގަހާގެހި ހިމަނައިގެން ބަގީޗާ ކޮންސެޕްޓަށެވެ. ހުސް ވެލި ބިމެއްގެ ގޮތުގައި އޮތް އެ ސަރަޙައްދު ފެހިކޮށް ތަރައްޤީކޮށް، މިހާރުވަނީ މާލޭގެ މަލަމައްޗަށް ބޮޑު ބަދަލެއް ގެނެސްފައެވެ.



ޕާކު ތަރައްޤީކޮށްފައިވަނީ އާއްމުންނަށް އިށީއިނދެ ތިބުމަށް ޚާއްޞަ 300އަށްވުރެ ގިނަ ބެންޗާއި، ކުޑަކުދިންނަށް ޚާއްސަ ބައިސްކަލު ދުއްވާ ލޭނަކާއި، ޕާކު ވަށައިގެން ކަސްރަތަށް ތައްޔާރުކޮށްފައިވާ ލޭނެއްވެސް ހިމެނޭގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން