ދުނިޔޭގެ ޗެމްޕިއަން ފްރާންސް، ދުނިޔޭގެ ރޭންކިންގް 50 ވަނައިން ވެސް ދަށުގައި އޮތް ފިންލޭންޑް އަތުން ބަލިވެ، ޕޯޗުގަލް އާއި ޖަރުމަން ރޭ ކުޅުނު މެޗްތައް ކާމިޔާބު ކޮށްފިއެވެ.
ފްރާންސާއި ފިންލޭންޑް ރޭ ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ފިންލޭންޑް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ.
ފްރާންސްގެ ސެއިންޓް ޑެނިސްގައިގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފިންލޭންޑުން ޖެހި ދެ ގޯލް ކާމިޔާބުކޮށްދިނީ، މާކަސް ފޯރސް އާއި އޮއްނި ވަލްކްރީ އެވެ.
ރޭ ޕޯޗުގަލް އާއި އެންޑޯރާ ކުޅުނު އެކުވެރިކަމުގެ މެޗްގައި، އެންޑޯރާގެ މައްޗަށް ޕޯޗްގަލް ކުރި ހޯދީ 0-7 ގެ ބޮޑު ތަފާތަކުންނެވެ. ރޭގެ މެޗުގައި ޕޯޗުގަލްގެ ޕައުލީނިއޯ އެޓީމަށް ދެގޯލް ކާމިޔާބު ކޮށްދީފައި ވާއިރު، ބާކީ ލަނޑުތައް ޖަހައިދިނީ، ޕެޑްރޯ ނެޓޯ، ރެނާޓޯ ސަންޗޭޒް، ރޮނާލްޑޯ އަދި ފެލިކްސް އެވެ. މި މެޗުގައި އެންޑޯރާ ކުޅުންތެރިންގެ އަތުން ބައި ކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ރޭ ޖަރުމަނާއި، ޗެކް ރިޕަބްލިކް ބައްދަލުކުރި އެކުވެރިކަމުގެ މެޗްގައި ޖަރުމަނުން ޗެކް ރިޕަބްލިކްގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. އެމެޗުގައި ކާމިޔާބުކުރި ގޯލަކީ 13 ވަނަ މިނެޓުގައި ޕޯޗުގަލްގެ ބެންފީކާއަށް ކުޅެމުން އަންނަ ޖިއަން ލޫކާ ވަލްޑްޝްމިޓް ޖެހި ގޯލެކެވެ.

ކިޔުންތެރިންގެ ހިޔާލު