ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކީ ތ. ތިމަރަފުށީގައި އިއްޔެ ހަވީރު ބާއްވަން ހަމަޖެހިފައިވާ 'ކުޑަކުދިންގެ ހަވީރު' ބާއްވާ ސަރަހައްދަން ދޭން އުޅުނު ހަމަލާއެއްކަމަށް ބުނެ ބައެއް މީޑިޔާތަކުން ފެތުރި ޚަބަރު ދޮގުކޮށް ފުލުހުން ބުނެފައިވަނީ އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް ފުލުހުން ވަނީ މީޑިއާ ތަކަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގައި ދޭން އުޅުނު ކަމަށް ބުނާ ޓެރަރިސްޓް ހަމަލާ އެއް ހުއްޓުވައި ފުލުހުން ވަނީ ހަމީހަކު ހައްޔަރުކޮށްފައެވެ. އެމައްސަލަ އާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު އެ އޮޕަރޭޝަނާއި ބެހޭ މާބޮޑު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު