ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ދީނީ އިލްމުވެރިންގެ ބަސް އަޑުއައްސަވާ ބޭފުޅެއްކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވުމުން، "ލަދުހަޔާތް ކުޑައިއްޔާ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށް ވިދާޅުވެ އަލީ ރަމީޒް ޑރ. އިޔާޒަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޑރ، އިޔާޒް މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ރައީސް ޞާލިހާއި ނާއިބު ރައީސް ފައިސަލް ނަސީމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. ޑރ. އިޔާޒު ވިދާޅުވީ މިސަރުކާރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރު ދީފައިވާކަމަށެވެ. އަދި އިލްމުވެރިން ރައީސް އިބްރާހީމާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން ވަގުތުން އެކަމަށް ވަގުތު ހުސްކުރައްވައި، އިލްމުވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާ، ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިކަމަށް އިޔާޒު ވިދާޅުވެފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްވެސް އިލްމުވެރިންނާ ގާތް ގުޅުމެއް ބާއްވަވާކަމަށް ޑރ. އިޔާޒު ވިދާޅިވިއެެވެ.



ޑރ. އިޔާޒްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވި ބޭފުޅުންގެ ތެރޭގައި އަލީ ރަމީޒްގެ އިތުރުން ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް އަބްދުﷲ ސައުދާން ހިމެނިވަޑައިގެންނަވައެވެ.

ޝައިޚް ސައުދާން ވިދާޅުވީ ރައީސް ސޯލިހުގެ އަރިހަށް މައްސަލަތަކަކާގެން އިލްމުވެރިންތަކެއް ދިޔަކަމަށާއި ނަމަވެސް އޭގެފަހުން އަހަރެއްވީއިރުވެސް އެކަންކަމަށް ހައްލެއް އައިސްފައިނުވާކަމަށެވެ.



ޑރ. އިޔާޒްގެ ވާހަކަތަކަށް ފާޑުވިދާޅުވެ ޝައިޚް ސައުދާން ކުރެއްވި ޓްވީޓަކާއި ގުޅުވައިގެން، ޑރ. އިޔާޒްގެ ވާހަކަތަކަށް އިޝާރާތްކުރައްވައި ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެ އުޅުއްވާ އަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ލަދު ހަޔާތެއް ނެތިއްޔާ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ"ކަމަށެވެ.



ޑރ. އިޔާޒް ސަރުކާރަށް ތާއީދުކުރައްވާ ވާހަކަދެއްކެވުމާ ގުޅިގެން ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވީ މިއީ މިހާތަނަށް އިލްމުވެރިންނަށް އެންމެ ބޮޑަށް އަނިޔާވެރިވެފައިވާ ސަރުކާރުކަމަށެވެ. އެގޮތުން ފާޅުގައި ލާދީނީ އަމަލުތައް ހިންގާއިރު އެކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅައި، ހަރުކަށި ފިކުރާ ދެކޮޅަށްކަމަށް ބުނެ ދީނީ އިލްމުވެރިންނާ ދެކޮޅަށް މިސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ބައެއް ބޭފުޅުން ދަނީ ތުހުމަތުކުރައްވަމުންނެވެ.

ރައީސް އިބްރާހީމް ދީނީ ޢިލްމު ވެރިންނާ ބައްދަލު ކުރައްވައި ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށް ޑރ. އިޔާޒު ވިދާޅުވުމުން އެބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ޝައިޚް ސައުދާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށާއި އެބޭފުޅުން ރައީސާ ބައްދަލު ކުރެއްވީ އެމްޑީއެންގެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބައްދަލުކުރީ އެމްޑީއެން މައްސަލައިގައި ކަންބޮޑުވުންތައް އެދުވަހު އަޑުއައްސަވާފަ، ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި. އޭގެ ފަހުން އެއް އަހަރު މިވަނީ، އެމްޑީއެން އަދި ވެސް ދަނީ ފަސްވަނަ ގިއަރުގަ އެމީހުންގެ ކަންކަމުގަ ބީބީކޭކޭ (ބާރަށް ބާރަށް ކުރިއަށް ކުރިއަށް). މިއަކު އެޗްއީވީޕީ (ނައިބްރައީސް) ގުޅުއްވަނީ ވަކި ބަޔަކަށްހެން ހީވަނީ." ޢަބްދުﷲ ސަޢުދާން ޑރ. އިޔާޒުގެ ޓްވީޓަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

ޝައިޚް ސައުދާން ޑރ. އިޔާޒަށް ދެއްވި ރަށްދަށް ބާރު ދެއްވަމުން އަލީ ރަމީޒު ކުރެއްވި ކުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ލަދުހަޔާތް ނެތިއްޔާ ކޮންމެ ވާހަކައެއްވެސް ދައްކަފާނެ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


18

އިސްކުރުބެ

17-Nov-2020

އަޅުގަނޑު ހިތުގަ އުފެދި ދައުރުވާ ސުވާލެއް މީ ޑޮކްޓަރ އިޔާޒުގެ ދެލޯރަތްވެ މޫނުމަތީގެ އުޖާލާކަން ގެއްލިފަ އިޔާޒު ފެނުމުން ހިތައް އުފާވެރި ކަމުގެ އިޙުސާސްތައް ނުވަންނަނީ ކީވެބާއޭ ހަމަހިތައް އަރާ. ދީނީ ޢިލްމުވެރިން ފެނުނީމަ އަސްލު ހިތައް ކޮންމެވެސް ހަމަޖެހުމެއް ލިބިދާނެ ފަދަ އިޙްސާސްތައް ވަރައް ގިނަފަހަރަށް އަސްލު ކުރެވޭ އެކަމު އިޔާޒް ފެނުމުން އެހެންނުވޭ.


-1

ޢިސްކު

17-Nov-2020

އިޔާޒު އަކީ ހަމަހަޤީގަތުގަވެސް ވަރަށް މުނާފިޤު ފިތުނަވެރި ކަން އުފައްދަން އުޅޭ ޖައްބާރު މީހެއް މީނަގެ ވާހަކަތައް ޤަބޫލު ކުރަން މިހާރު ބިރުގަންނަ ދަރަޖައަށް މީނަގެ ކަން ކަން ހިނގައްޖެ.


-7

ޢިސްކު

17-Nov-2020

އިޔާޒު އަކީ ހަމަހަޤީގަތުގަވެސް ވަރަށް މުނާފިޤު ފިތުނަވެރި ކަން އުފައްދަން އުޅޭ ޖައްބާރު މީހެއް މީނަގެ ވާހަކަތައް ޤަބޫލު ކުރަން މިހާރު ބިރުގަންނަ ދަރަޖައަށް މީނަގެ ކަން ކަން ހިނގައްޖެ.


9

ބަދޫރާ

15-Nov-2020

ތިޔަތުބުޅިލީމީހުހާހަޔާކުޑަބަޔަކުނޫޅޭނެމާދަނެގެންއުޅެނީއެއްވެސްއެޗެއެގެބައެނޫމީހުންމަގުފަރަދަންއުޅޭބައެއަދިސުވަރުގެލިބެސޫރިޔާއަގޮސްޖިހާދުވީމައޭއޯތިޔާއޮތްނުބާގޮތަކައުޅެފާވެސް


-3

މަހެެސް

15-Nov-2020

ޢިޔާޒް އަކީ ބޮޑު ބަހީލެއް


13

ސަރުކާނު

15-Nov-2020

ދިވާލީ ފާހަގަކޮށްދިނީވެސް ސޯލިހްގެ ރަގަޅު ކަމުން.


3

ސަރުކާނު

15-Nov-2020

ދިވާލީ ފާހަގަކޮށްދިނީވެސް ސޯލިހްގެ ރަގަޅު ކަމުން.


1

ސަރުކާނު

15-Nov-2020

ދިވާލީ ފާހަގަކޮށްދިނީވެސް ސޯލިހްގެ ރަގަޅު ކަމުން.


8

ސަރުކާނު

15-Nov-2020

ދިވާލީ ފާހަގަކޮށްދިނީވެސް ސޯލިހްގެ ރަގަޅު ކަމުން.


-1

ސަރުކާނު

15-Nov-2020

ދިވާލީ ފާހަގަކޮށްދިނީވެސް ސޯލިހްގެ ރަގަޅު ކަމުން.


-21

ސަރުކާނު

15-Nov-2020

ދިވާލީ ފާހަގަކޮށްދިނީވެސް ސޯލިހްގެ ރަގަޅު ކަމުން.


-5

ސަރުކާނު

15-Nov-2020

ދިވާލީ ފާހަގަކޮށްދިނީވެސް ސޯލިހްގެ ރަގަޅު ކަމުން.


7

ސަރުކާނު

15-Nov-2020

ދިވާލީ ފާހަގަކޮށްދިނީވެސް ސޯލިހްގެ ރަގަޅު ކަމުން.


15

ޢިއްސޭ

13-Nov-2020

ޓިތަނުން ދީނީ ފާސް އޮތް މީހަކީ ކާކުކަންވެސް އޮޅިއްޖެ


5

އެއްމެން

13-Nov-2020

ތިޔަ ބުނާ ރައީސް އިބުރާހީމް އަކު ޝޭޚުންގެ އަޑު އެއްސަކަސް އޭނައަށް އެއްވެސް ޝޭޚުންނާ އެއްކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ސަބަބަކީ އޭނައަކީ ފަހާ އަތުލައިގެން ގެނެސް ބަޔަކު ވެރިކަމަށް އެރުވި މީވެއް. އޭނަ ތަބައަ ވަމުންދަނީ އޭނަވެރިކަމައް އަރުވަދިން މީހުންންށް. އެމީހުންނަކީ މާތް ﷲ ފޮނުއްވި އިސްލާމް ދީން ގަ އަންގަވާފަ އޮތްގޮތައް ވެރިކަން ކުރާނެ އަދި ކުރަން ކެރޭނެ ބަޔެއްވެސް ނޫން. އެމީހުން އެއްމެ އުފާވާނެ ދުވަހަކީ މިގައުމުގާ އިސްލާމް ދީން ނޫން އެހެން ދީންތަކަށް އާޅުކަން ކުރަން ނުވަތަ އިސްލާމް ދީންދޫކޮއްލަން ގާނޫނީގޮތުން ހުއްދަ ހޯދާދެވޭ ދުވަސް. އެމީހުން މެދުނުކެނޑި ބުރަކޮށް އެކަމަށް މަސައްކަތް އެބަކުރޭ!


-2

އަލި

13-Nov-2020

އިޔާޒުއަށް ކޮންމެވެސް ވަރަަކަށް ރުފިޔާ ދީގެން އުޅޭހެން ހީވަނީ. އިޔާޒަކީ މިގައުމުގައި ކުރިސްޓިއަން ދިން ފަތުރަށް ހިތްވަރު ދޭ .ސޭކެއް.


10

ފާތުމަ

14-Nov-2020

ކަޅުބެ ގެ ލަތީފުގެ ރިޔާޒް އަކިިީ އިސްލާމް ދީނާ އަދި މިގައުމަށް ގައްދާރު މީހެއް . ނުރައްކާތެރި ހިީލަތް ތެރިއެއް. އެކަން ކަޅުބެގެ ލަތީފް ވެސް ދަނޭ.


0

ޢަހުރން

14-Nov-2020

އިޔާޒު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެބުނަނީ ތެދައްކަމަށް ވާނަމަ އިޔާޒުމެން ރައީސް އަށް އެއްވެސް ކަމެއް އިސްލާހު ކުރާކަށް ނުބުނޭ



ފަހުގެ ލިޔުންތައް

ޓްރެންޑިން