މާލޭގައި ކޯވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ އެންޓިބޮޑީ ސާމްޕަލް ނެގުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އާއި އެމްއެންޔޫ ގުޅިގެން މީގެ 28 ދުވަސް ކުރިން ފެށި މި ސަރވޭގައި ބައިވެރިކޮށްފައިވަނީ އެކި އުމުރުފުރާއިން ރެންޑަމްކޮށް ހޮވާލެވުނު ފަރާތްތަކެވެ. އެ ދިރާސާގައި 4098 މީހުން ބައިވެރިކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވަނީ، އެ ދިރާސާ ކުރުމަށް ސަތާރަ އަހަރުން ދަށުގެ 936 ސާމްޕަލަކާއި، 18 އަހަރާއި 34 އަހަރާ ދެމެދުގެ 1730 ސާމްޕަލާއި، 35 އަހަރާއި 59 އަހަރާ ދެމެދުގެ 1232 ސާމްޕަލްގެ އިތުރުން 60 އަހަރުން މަތީގެ 200 ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދިރާސާގައި ބައިވެރިންގެ އަދަދު ކަނޑައަޅާފައިވަނީ ދިރާސާގެ ނަތީޖާއަކީ ސައްހަ ނަތީޖާއަކަށް ވުމަށް އެންމެ މަދުވެގެން ބޭނުންވާ މިންވަރު ބަލައި އިލްމީ ދިރާސާތައް ކުރާ މެތަޑްތަކަށް ބިނާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު