އަހުމަދު ޔާމިން   13 ނޮވެމްބަރު 2020 - 16:4
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމުން ސްކޮޓްލެންޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމުން ސްކޮޓްލެންޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ޔޫރޯ ކޮލިފައިން ޕްލޭއޯފް ކާމިޔާބުކޮށް ސްކޮޓްލޭންޑުން ޔޫރޯ 2021 އަށް ކޮލިފައި ވެއްޖެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްކޮޓްލޭންޑް ޖާގަ ހޯދީ ކޮލިފައިން ޕްލޭއޯފްގައި ސާބިޔާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވައިރު 1-1 ލަނޑުން އެއްވަރުވުމުން ޕެނަލްޓީގައި 5-4 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގައި ސްކޮޓްލޭންޑްގެ ރަޔާން ކިރިސްޓައި ލަނޑެއް ޖަހާ ލީޑް ނަގައިދީފަ ވަނިކޮށް ސާބިޔާއަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 90 ވަނަ މިނެޓުގައި ލުކާ ޖޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސްކޮޓްލޭންޑް ޔޫރޯ އަށް ކޮލިފައިވީ ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ސާބިޔާގެ ފަހު ޕެނެލްޓީ އެލެކްސެންޑަރ މިޓްރޮވިޗަށް ކާމިޔާބު ނުކުރެވުމުންނެވެ. އެންމެފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑުން ވާދަކޮށްފައިވަނީ 1996 ވަނައަހަރުއެވެ. ސްކޮޓްލޭން އެންމެފަހުން ބޮޑު މުބާރާތެއްގައި ވާދަކުރީ 1998 ވަނައަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައެވެ.

ސްކޮޓްލޭންޑް ހިމެނެނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލޭންޑް، ކޮރޭޝިޔާ، ޗެކްރިޕަބްލިކާއެކު އެއް ގުރޫޕެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން