އަރަބި ޤައުމަކުން ކިޔަވައިގެން އަންނަ ކޮންމެ މީހަކީ ދީނީ ދަންނަބޭކަލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

ދީނީ އިލްމުވެރިންކަމަށް ބުނާ މީހުންގެ މެދުގައި ސޯޝަލް މީޑިއާގައި ތަފާތު ބަހުސްތައް ކުރިއަށްދާ މި ދަނޑިވަޅުގައި އެކަމަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ އަރަބި ޤައުމަކުން ކިޔަވައިގެން އަންނަ ކޮންމެ މީހަކީ ދީނީ ދަންނަބޭކަލެއްކަމަށް ދައުވާކޮށް، ހުރިހާ ކަމެއްގައި ފަތުވާ ދިނުމަކީ މުޖްތަމަޢުގައި ދީނީ ޚިޔާލު ތަފާތުވުން އުފެދޭނެ ކަމެއް ކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ގެއްލިގެންދާ ބޮޑު ފިތުނައަކަށް އެކަން ވެއްޖެކަމަށާއި މިކަން ހުއްޓުވަންޖެހޭކަމަށްވެސް އަލްހާން ވިދާޅުވިއެވެ.



"އަރަބި ޤައުމަކުން ކިޔަވައިގެން އަންނަ ކޮންމެ މީހަކީ ދީނީ ދަންނަބޭކަލެއްކަމަށް ދައުވާކޮށް، ހުރިހާ ކަމެއްގައި ފަތުވާ ދިނުމަކީ މުޖްތަމަޢުގައި ދީނީ ޚިޔާލު ތަފާތުވުން އުފައްދާ، ދީނީ އެއްބައިވަންތަކަން ގެއްލިގެންދާ ބޮޑު ފިތުނައަކަށްވެއްޖެ! މިކަން ހުއްޓުވަންޖެހަޭ!" އެމްޑީޕީގެ ނައިބް ރައީސްގެ މަގާމުވެސް ފުރުއްވާފައިވާ އަލްހާންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިންގެ ސަފުގައި ނަންކިޔާ އިސްލާމް ދީނުގެ ޢިލްމްވެރިން ސޯޝަލް މީޑިއާގައި ސިޔާސީ ގޮތުން ކޮންމެ ވެސް ފަރާތަކަށް ބުރަވެ ޚިޔާލުފާޅުކުރެއްވުމަކީ މިއަދު އާންމުކޮށް ފެންނަ ކަމެކެވެ. މިގޮތުން އެބޭފުޅަކު ތާއީދު ކުރަށްވާ ސިޔާސީ ފިކުރަކާއި އެއްކޮޅަށް އެކި ދީނީ ވާހަކަތައް ވެސް ބައްޓަން ކުރަށްވައި ސިޔާސީ ލީޑަރުންނަށް ތާއީދު ކުރަށްވައި ޓްވީޓް ކުރެއްވުމަކީ މިއަދު ރާއްޖޭގައި މަޝްހޫރު ކަމަށް ކިޔާ ދީނީ ޢިލްމްވެރިންގެ ކިބައިން އާންމުކޮށް ފެންނަމުންދާ ކަމެކެވެ. މީގެ ސަބަބުން އެފަދަ ބޭބޭފުޅުންނަށް އާންމު ރައްޔިތުން ކުރާ އިތުބާރާއި އިހުތިރާމް ގެއްލެމުންދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


16

ހަމަހޭ

15-Nov-2020

އަލްހާން ކަހަލަ ދެއުޅިއެއްނުވާ މީހުން ގޮވާ މޮޔަވެސް މިހާރު ނޫސްތަކުގައި މީހުންލިޔަންފެށީތަ?



ޓްރެންޑިން