މާލޭގަައި މިހާތަނަށް އެންމެ ކުލަގަދަކޮށް ބޭއްވި ހަވާއެރުވުމުގެ ހަރަކާތަކީ ސިނަމާލެ ބްރިޖް ހުޅުވުމަށް ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް
މާލޭގަައި މިހާތަނަށް އެންމެ ކުލަގަދަކޮށް ބޭއްވި ހަވާއެރުވުމުގެ ހަރަކާތަކީ ސިނަމާލެ ބްރިޖް ހުޅުވުމަށް ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް
މިރޭ މާލޭގައި ހަވާއެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނުމާއެކު އެ ހަރަކާތާއި އެކިފަރާތްތަކާ ގުޅުވައިގެން އާންމުން މީސްމީޑިއާގައި ތަފާތު "ޔޯލަ" ވާހަކަތައް ފަތުރަމުން ދަނިކޮށް، އިދިކޮޅު ކޯލިޝަނުން އެކަމާ ހަވާލުވެއްޖެއެވެ.

ބައެއް މީހުން މީސްމީޑިއާގައި ބުނަމުން އަންނަނީ މިރޭގެ ހަވާއަކީ ހިންދީ ދީނުގެ މީހުން ފާހަގަ ކުރާ "ދިވާލީ" ޢީދު ފާހަގަ ކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި ކޯވިޑްގެ ނުރައްކާތެރި ބިރުވެރި ކަމުގެ ތެރޭގައި ގައުމުގެ ރައްޔިތުން ތިއްބާ ހަވާއެރުވުން ފަދަ އުފާވެރި ހަފުލާއެއް ބާއްވައިގެން "ނާޗަރަންގީ" ކުޅުމަކީ ބަޔަކު ގަސްތުގައި ރާވައިގެން ހިންގާ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށް ސަރުކާރަށް ވެސް ފާޑުކިޔާފައި ވެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިރޭ އަށެއް ޖަހާއިރު އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ކަނޑުގެ ސަރަޙައްދުގައި ހަވާއެރުވުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 2 މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެމްއެންޑީއެފުން ބުނީ މިއީ ވިޔަފާރީގެ އުޞޫލުން އަމިއްލަ ފަރާތަކަށް ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވާ ހަރަކާތެއްކަމަށެވެ.



ހަވާ އެރުވުމާ ގުޅޭގޮތުން އޮތް ޚަބަރެއް ހިއްސާކުރައްވަމުން ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މާލޭގައި މިރޭ ހަވާއެރުވުން އޮންނަނީ ޕީޕީއެމް/ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަންކަމަށެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން އެކަމުގައި ބައިވެރިވުމަށް ޝުޖާއު ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން