ލޮނުޒިޔާރަތް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި  ނާއިބް ރައީސް ބައިވެރިވެވަޑައިގަންނަވަނީ: އަރިހުގައި މޭޔަރު ޝިފާއި ހެލްތް މިނިސްޓަރު ނަސީމް އާއި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
ލޮނުޒިޔާރަތް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ނާއިބް ރައީސް ބައިވެރިވެވަޑައިގަންނަވަނީ: އަރިހުގައި މޭޔަރު ޝިފާއި ހެލްތް މިނިސްޓަރު ނަސީމް އާއި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
ހެންވޭރު ކޮޅުގައި ހުޅުވާފައިވާ "ލޮނުޒިޔާރަތް ޕާކަށް" ކައުންސިލް މެމްބަރު މުހަންމަދު ފަޒީން ވެދެވަޑައިގެންނެވީ އޭނާގެ ހުންނަ ލަދުހަޔާތް ކުޑަކަމުން ކަމަށް މާލޭގެ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވެއްޖެއެވެ.

ލޮނު ޒިޔާރަތް ޕާކުގައި މާލޭގެ މޭޔަރު ޝިފާ މުހަންމަދާއި މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީން ދެއްކެވި ވާހަތަކުގެ އޯޑިއޯއެއް ޝޯޝަލް މީޑިޔާގައި ވަނީ ދައުރުވާން ފަށާފައެވެ. މި އޯޑިއޯ އަކީ ލޮނު ޒިޔާރަތް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ތިއްބަވައިގެން މޭޔަރު ޝިފާ އާއި ކައުންސިލް މެމްބަރު ފަޒީނާއި މެދު ބަދަލު ކުރެވުނު ވާހަކަތަކެއް ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މިކަން ކަށަވަރެއް ނުކުރެވެއެވެ.

އެންމެ ފުރަތަމަ ވާވަރަށް ފޮޓޯ ނެގިއްޖެތޯ ފަޒީންގެ ގާތުން ޝިފާ ސުވާލު ކުރައްވާ އަޑު އޯޑިއޯ އިން އިވެެއެވެ. އެކަމަށް ފަޒީން ވެސް ރައްދުދެއްވިއެވެ.

"ލޮނުޒިޔާރަތް ޕާކަށް" ފަޒީން ވަޑައިގެންނެވީ ހުންނަ ލަދުހަޔާތް ކުޑަކަމުން ކަމަށް މޭޔަރު ޝިފާ ވިދާޅުވީ މެލޭޝިޔާއިން ގެނައި ގަސްތައް ކޮބައިތޯ ޝިފާގެ އަރިހުން ސުވާލު ކުރެއްވުމުންނެވެ. ޖަވާބުގައި ޝިފާ ވިދާޅުވާ އަޑު އިވެނީ އިންޑިޔާއާއި، ސިންގަޕޫރާއި، އިންޑޮނީޝިއާއިން ގެނައި ގަސްތައް ކޮބައިތޯ އޮޅުންފިލުވުން މާރަނގަޅު ވާނެކަމަށެވެ. އަދި ފަޒީން ބަގީޗާއަށް ވަޑައިގެންނެވީ ވެސް ހުންނަ ހަޔާތް ކުޑަކަމުން ކަމަށް ވިދާޅުވެ ޝިފާ ވަނީ އޭނާ އަށް ހޫނު ރައްދެއް ދެއްވާފައެވެ. ޝިފާ އެހެން ވިދާޅުވުމުން ރައްދުގައި ފަޒީން ވިދާޅުވީ އޭނާ އަކީ ރައްޔިތުން އިންތިޚާބް ކޮށްފައިވާ ކައުންސިލަރެއްކަމަށެވެ.

ޝިފާގެ ވާހަކަ ތަކާއި ގުޅިގެން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަހުލާގީ ގޮތުން ދަށް، ވާހަކަ ދެއްކުމުގެ އަދަބު ކުޑަ މީހަކު މަޤާމުގައި ހުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެންމެ ރަނގަޅު ވާނީ ޝިފާ އަވަހަށް މަޤާމުން އިސްތިއުފާދެއްވުންކަމަށް އަލްހާން ވިދާޅުވިއެވެ.

ޝިފާއާއި ފަޒީންއާއިދެމެދު ދެބަސްވެ އަރާރުން އުފެދި މައްސަލަ ގޯސްވެފައިވަނީ މާލެ ސިޓީ ކައުންސިލް ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ ކަންތައްތަކެއް ހިނގާތީއާއި، އަދި ކައުންސިލް ހިންގެވުމުގައި ޒިންމާ އަދާނުކުރެވޭތީ ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅި ހިސާބުންނެވެ.

އެވޯޓްގެ ކަންކަން އެލްޖީއޭ އިން ވަނީ ހުއްޓުވާފައެވެ. ލޮނުޒިޔާރަތް ޕާކުގައި އިންދުމަށް ގަސްތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން މިމައްސަލަ އޭސީސީއަށް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުުން މިޕާކު ހެދުމުގައި ޝިފާ މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކޮރަޕްޝަން ހިންގާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީއަށް ފޮނުވުމުން، ދޮޅުމަސް ދުވަހު ބޭއްވުމަށްފަހު އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ވަދެވޭނެ

19-Nov-2020

ދިވެއްސެއް ވެއްޖިއްޔާ ވަދެވޭނެ. ޝިފާ ތިވިދާޅުވި އެއްޗަކުން ދޭހަވަނީ, އެޕާކާގުޅިގެން ޝިފާއަށް ޚާއްސަ އަމިއްލަވެރިވަންތަކަން ލިބޭހެންހީވާހެން. ގައުމީ ލީޑަޝިޕާއި, ގަވަނެންސް އޮޅޭނީ މިވަރަށް.


-11

އިސްލާޙް ކޮށްލެއްވުން ކީއްތޯ

17-Nov-2020

ޙިޔާލެއްނޫން. ރަނގަޅު ގޮތަކީ "ޚިޔާލު"


-19

ފޯއް ޕާރކް

17-Nov-2020

ބަޔަކު ހަދާފަ ހުރި ތަނެއް ހުޅުވައިގެން އޭގެ ފައިދާ ނަގަނީވެސް ލަދުހަޔާތް ކުޑަކަމުން.. އެއީ ޝިފާ އެކަނި ވަންނަން ހުރި ތަނެއް ނޫން...



ޓްރެންޑިން