އެޕިސޯޑް 01
................
ލަމްހާއަކީ މަދުރަސީ ދައުރު ނިންމުމަށްފަހު، ޙަޔާތުގެ އެންމެ ޝާއްބަ ޢުމުރުގެ ދުވަސްތައް ގުނަމުންދާ އަންހެން ކުއްޖެކެވެ. ލިބިފައިވާ ރީތިކަމާ އެއްވަރުގެ އަޚްލާޤަކާއި ގެވެހި ތަރުބިއްޔަތެއްވެސް އޭނާއަށް ލިބިފައިވެއެވެ. އަބަދުވެސް އޭނާގެ މަންމަ ޒައިނަބާއި ބައްޕަ ޖާވީދު، އެކަމާ ފަޚްރުވެރިވެއެވެ.
އެފަދަ ދަރިއެއްގެ މަޔަކަށްވުމީ، ކޮންމެ މަޔަކުވެސް ކުރާނެ އުންމީދެކެވެ. ކޮންމެ ބައްޕައަކުވެސް ދެކޭނޭ ހުވަފެނެކެވެ.
[އަހަރެންގެ ހުރިހާ ހުވަފެންތަކެއްގައިވެސް ކުލަ ޖެހިއްޖެ. ލަމްހާ ކިހާ ރަނގަޅު....މިޒަމާނުގެ ޚިޔާލުތަކަށް ނުހެއްލި، ނުހަނު ކާމިޔާބާއެކު މަދްރަސީ ދައުރުވެސް އެނިމުނީނު.] ދަރިފުޅާމެދު ފަޚްރުވެރިވަމުން ޖާވީދު ވާހަކަ ދެއްކީ، އޭނާގެ އަނބިމީހާ ޒައިނަބާއެވެ.
[ތިބުނީ ރަނގަޅަށް. ހާހަކުން ކުއްޖަކުވެސް ނުހުންނާނެ....އެމަންޖެއާއެކު އެއުޅެނީވެސް ކިހާ ސިޔާސަ ކުދިންތަކެއް. މިގެއަށް އެއަންނަ ސާދުނާއަކީވެސް ބުނަން އަނގަގަނޑެއް.] ޖާވީދުގެ ވާހަކައާ ގުޅުވައިގެން ޒައިނަބުވެސް ދަރިފުޅާމެދު ފަޚްރުވެރިވިއެވެ. ޒައިނަބު ބުނީ ތެދެކެވެ. ލަމްހާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ސާދުނާއަކީ ލަމްހާގެ އިދިކޮޅެވެ. ޙަރަކާތާ އެއްވަރުގެ އަނގައެއްވެސް އޭނާއަށް ލިބިފައިވެއެވެ.
[ހިތަށްއަރާ....އެމަންޖެ ދިރިއުޅުމާ ދޭތެރޭ ވިސްނަނީ ކިހާވަރަކަށްބާއޭ؟] ޖާވީދު އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި ބުނެލިއެވެ.
[އެމަންޖެ ފިރިހެނަކު ކަފުޖަހައިގެން ނޫޅޭތީ، ޖާވީދު މިހާރު ކަންބޮޑުވީދޯ. އަހަންނަށް ރަނގަޅީ އެމަންޖެ އަވަހަށް އެފަދަ ޚިޔާލެއް ނުކުރިއްޔާ. އަހަންނެއް ނޭދެން، މާއަވަހަށް އެމަންޖެ އަހަރެން ދޫކޮށްދާކަށް.] ޒައިނަބަށް މިހެން ބުނެވުނު ވަގުތަކީ، ލަމްހާއާއި ސާދުނާ ގެއަށް އައިސް ވަން ވަގުތެވެ.
[މަންމާ...ބައްޕާ.....] އެތެރެއަށް ވަންނަމުން ލަމްހާ މަންމައާއި ބައްޕައަށް ގޮވާލިއެވެ.
[ދެކުދިން ކޮންތާކުން. ދަރިފުޅު ހަވީރު ސައިބޮއިފިންތަ؟] ޒައިނަބު ކުރީ ދެސުވާލު އެކީގައެވެ.
[އަދި ނުބޮން. މިއައީ ސާދުނާމެންގެއިންދޯ ސާދުނާ.] ލަމްހާ މަންމައަށް ޖަވާބުދެމުން ސާދުނާއަށް ދޯއެއްލިއެވެ.
[ދެކުދިން ސައިބޯން ދާންވީނު. ބައްޕައަށްވެސް ސައިހަދާތި.] ލަމްހާއާއި ސާދުނާ ބަދިގެފަރާތަށް ހިނގައިގަތުމުން ޒައިނަބު ބުންޏެވެ.
[ލަމްހާއާއި ސާދުނާ އާއެކޭ ބުނެފައި ގޮސް ބަދިގެއަށް ވަނެވެ. ލަމްހާއަށް ލިބިފައިވާ މާތް އަޚްލާޤާއި ހިތްހެޔޮ މިޒާޖަކީ، އޭނާގެ މައިންބަފައިންގެ ފަޚްރެވެ. އަބަދުވެސް ޒައިނަބްގެ ދެމަފިރިން، އެމީހުންގެ ދަރިފުޅާ ދޭތެރޭ ފަޚްރުވެރިވެއެވެ.
އަހިވަކާޖެހި އަހިވައް ފާވާނޭ ބުނާ ބުނުންވެސް މިހާރު ޒައިނަބުމެނަކަށް ގަބޫލެއް ނުކުރެވެއެވެ.
މިހާރު ލަމްހާއާއި ސާދުނާ އެކުގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އެކަމަކު އެދެކުދިންގެ ދިރިއުޅުން، ތެލާއި ފެނާހާ ތަފާތެވެ. ސާދުނާގެ ކިބައިގައިވާ އެއްވެސް ސިފައެއް، ލަމްހާގެ ކިބައަކުން ފާހަގައެއްނުވެއެވެ. ޤަބޫލުކުރެވޭ ގޮތުގައި، އެއީ ލަމްހާގެ މައިންބަފައިންގެ ރަނގަޅު ތަރުބިއްޔަތު ސިފަކޮށްދޭ ފުރިހަމަ ނަމޫނާއެކެވެ.
[ލަމް....މިރޭ ވެއްޖޭ އަހަންނާއެކު ފިހާރައަކަށް ގޮސްލަން.] ލަމްހާގެ ފަހަތުން ބަދިގެއަށް ވަންނަމުން ސާދުނާ ބުންޏެވެ.
[ކޮންތާކަށް، ކީއްކުރަން؟] ލަމްހާ ސައި ހަދަން ފަށަމުން އެއްސެވެ.
[މަޖީދީ މަގުގެ މެދެއްހާ ހިސާބުގައި ހުރި ފިހާރައަކުން ނިކަން ނަލަ ޓޮޕެއް ފެނިގެން، އެ ގަންނަންދާން ކަމަށް...] ސާދުނާ ބުންޏެވެ.
[މައްސަލައެއް ނެތް. މަންމަ ގާތު އަހާލާފަ ދާނީ. އެކަމަކު ބުނަން، ދެވޭނީ ގޮތެއްގެ މަތިން.] ދާން އެއްބަސްވަމުން ލަމްހާ ބުންޏެވެ.
[ކޮން ގޮތެއް ތިބުނީ؟] ސާދުނާ އެއްސެވެ.
[އެ ފިހާރައިގައި ހުރި ހުރިހާ ހެދުން ލާން ހަދައިގެން ނުވާނެ. މިހެން މިބުނީ މާ ލަސްވަންދެން އަހަންނަށް ބޭރުގައި ނޫޅެވޭނެތީ......] ލަމްހާ ބުންޏެވެ. ސާދުނާ ބޯޖަހާލިއެވެ.
ލަމްހާ ސާދުނާއާ ވާހަކަ ދައްކަމުން، ސައިހަދާ ނިމުނުތަނާހެން ޖާވީދާއި ޒައިނަބު އައިސް ކާގެއަށް ވަދެއްޖެއެވެ. މަންމައާއި ބައްޕަ ވަނުމާއެކު، ލަމްހާ ސާދުނާއާއެކު އެރޭ ބާޒާރަށް ދިޔުމުގެ ހުއްދައަށް އެދުނެވެ.
[އެންމެ ރަނގަޅު ދިޔަޔަސް. އެކަމަކު އަވަހަށް ގެއަށް އަންނަންވާނެ. މިހާރު މަގުމަތީގައި ހިނގާބިގާވެ އުޅޭއިރު، ނިކަން ވިސްނަންޖެހޭނެ.] ޒައިނަބު ވިސްނައިދިނެވެ. ރަށުގެ މިހާރުގެ ޙާލަތަށް ވިސްނާފައެވެ.
[ޒައިނަބު ދައްތައަށް ހީވަނީތަ، މަގުމަތީގައި ފޭރެމުން ހޫރެމުން އުޅޭ ގްރޫޕްތަކަށް ނުކެރޭނެ، އަހަރެމެންނާ ބެހޭކަށް. އެމީހުންނަށްވުރެން އަހަރެން މާނުރައްކާވާނެ.] ސާދުނާ، އޭނާގެ ލާނެތް ރާގުގައި ބުންޏެވެ. ޖާވީދުގެ ގާތަށްވެސް ހިނިއައެވެ. ސާދުނާ އެބުނީވެސް ދޮގެއް ނޫނެވެ. ދާދިފަހުން ހިނގި ޙާދިޘާއެކެވެ.
ސާދުނާ، އޭނާގެ އެހެން ރައްޓެއްސަކާއެކު އެއްރެޔަކު ފިހާރައަކުން ނުކުންނަނިކޮށް، ޒުވާން ޢުމުރުގެ ފިރިހެން ކުއްޖަކު، އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ހާދަ ލޯތްބޭ ބުނަމުންނެވެ. ބަދަލުގައި ސާދުނާގެ އަނެއް އަތުގެ ހޫނު އެތިފަހަރެއް އެރީ، އެސޮރުގެ ކޯމައްޗަށެވެ. އިޙްސާސް ކުރެވުނު ތަދާއި، ދިލަ ހޫނުގެ ސަބަބުން އެސޮރު ހީވީ ގަނޑުވީހެންނެވެ. ސާދުނާމެން ފަސްދީ ދިޔައިރުވެސް، ހިރިލަންވެސް ނޭނގިފައި ހުރެވުނީއެވެ. އަމިއްލަ ނަފްސުގެ ދިފާޢަށް، އެވަރުގެ އިތުބާރެއް ސާދުނާއަށް ލިބިގެން އުޅެނީ، އެރެއަށްފަހުގައި ކަމަށް ޤަބޫލުކުރެވެއެވެ.
[ސާދު ތީ ދެން މާ ކެރޭ މީހެއް...ތިހެން އުޅެނިކޮށް އަދި ދިމާވާނެ ބިރުގަންނަވާލާވަރުގެ މީހުނާވެސް.] ލަމްހާ ސާދުނާއާ ދިމާކުރާފަދަ ގޮތަަކަށް ބުންޏެވެ.
[މިޒްނާއަށް އެނގޭނެ އަހަރެން ބިރެއް ނުގަންނާނެކަން.] ސާދުނާ ފަޚްރުވެރިވެލާފައި މޭ ފުއްޕާލިއެވެ. އެއަށްފަހު، ކުރީ ރޭ އޭނާ ކަންތައްކުރި ގޮތުގެ ވާހަކަ ހީނހީނފައި، އޭނާ ލަމްހާގެ މަންމައަށާއި ބައްޕައަށް ކިޔައިދިނެވެ.
އެރޭ ލަމްހާ، ސާދުނާ އަންނަންވާއިރަށް ނަލަހެދިލާ ތައްޔާރުވެލިއެވެ. ލަމްހާއަކީ ޢާންމު ދިރިއުޅުމުގައިވެސް ޒީނަތްތެރިކަމަށް ވަަރަށް ލޯބިކުރާ ކުއްޖެކެވެ. ގޭގެ ދޮރާށިން ބޭރަށް ހަތަރު ފަސް ފިޔަވަޅެއްވަރު ބޭރަށް އަޅާލަން ޖެހުނަސް، އޭނާ އެންމެ ފުރިހަމަ ގޮތުގައި ޒީނަތްތެރިވާނެއެވެ. އެއީ އޭނާގެ ޠަބީޢަތުގައި ހަރުލާފައިވާ ސިފައެކެވެ. ވެދާނެއެވެ. މަންމަގެ އާދަކާދަ، އޭނާ ނަކަލު ކުރަނީއެވެ. ޒައިނަބަކީވެސް ލަމްހާ ފަދައިން، ޒީނަތްތެރިކަމަށް ނުހަނު ލޯބިކުރާ މީހެކެވެ. ލަމްހާގެ ކިބައިގައި އަށަގެންފައިވަނީ، އޭނާގެ އާދަކާދަ ކަމަށް ޤަބޫލުކުރަން ޖެހެނީ އެހެންވެގެންނެވެ.
ސާދުނާ އައިއިރު ލަމްހާ ހުރީ ނަލަހެދިލާ ތައްޔާރުވެލައިގެނެވެ.
[މިސް މޯލްޑިވްސް ހޮވުމުގެ ޙަފްލާއަށް ތައްޔާރުވެގެން ހުރިހެން ހީވަނީ. އަޅެ ތި ހެދުންވެސް ލަމްއާ ހާދަ ގުޅެއޭ. އަވަހަށް ހިނގާ....ދާން.....]
ލަމްހާގެ ރީތިކަމާއި ފަރިކަމަށް ތަޢުރީފު ކުރުމަށްފަހު، ސާދުނާ ހިނގައިގަތެވެ. އެއީ ސާދުނާގެ އާދައެކެވެ. ލަމްހާ ކިރިޔާ ނަލަހެދިލާއިރަށްވެސް، އޭނާ ލަމްހާގެ ނަލަކަމާއި ފަރިކަމަށް ތަޢުރީފު ކުރާނެއެވެ. އެކަނި ސާދުނާއެއް ނޫނެވެ. ލަމްހާ ނަލަހެދިލައިގެން ނުކުމެލީމާ، ފެންނަ ކޮންމެ މީހަކުވެސް، އެ ރީތިކަމަށް ތަޢުރީފު ކުރެއެވެ. ޙަޤީޤަތުގައިވެސް އޭނާ ހަމަ ރީތީއެވެ. ގިނަބަޔަކު އޭނާ ސިފަކުރަނީ، ބޮލީވުޑްގެ ރީތީގެ ރާނީ އައިޝްވާރިޔާއާއެވެ. މަދްރަސީ ދައުރުގައި ކްލާސް ކުދިންވެސް، ލަމްހާ ހީވަނީ ހަމަ އައިޝްވާރިޔާހެންނޭ ބުނެއުޅެއެވެ.
ނަމަވެސް، އޭނާ އެކަމަކާ ފަޚްރުވެރިއެއްނުވެއެވެ. އޭނާއަކީ ރައްޓެހިންނާއި ނުދަންނަ މީހުން ސިފަކުރާފަދަ ރީތި އަންހެން ކުއްޖެއް ކަމަކަށް ފަހަރެއްގައިވެސް އޭނާ ޤަބޫލެއް ނުކުރެއެވެ. ނަމަވެސް، އޭނާ މާލޭގެ ކޮންމެ ދިމާއަކަށް ނުކުތަސް، ތަފާތު މީސްމީހުންގެ ލޯތައް އާދަޔާ ޚިލާފަށް އަމާޒުވާކަން އެއީ އޭނާއަށްވެސް ފާހަގަކުރެވޭ ކަމެކެވެ.
އެރޭ ފުރަތަމަ ވަދެވުނު ފިހާރަތެރޭންވެސް އެކަން ނިކަން ރަނގަޅަށް ފާހަގަކުރެވުނެވެ. މީހުން ބަލާވަރުން ބައެއްފަހަރު ލަމްހާ ލަދުވެސްގަނެއެވެ.
[އަޅޭ...ސާދުނާ އަހަރެން އެބަ ލަދުގަނޭ...ކީއްވެތަ އެމީހުން އެވަރަށް އެބަލަނީ. އަނެއްކާ އަހަރެންގެ މޫނުގައި ޢައިބު ސިފައެއް ހުރީތަ؟] ލަމްހާ ސާދުނާގެ ފަހަތަށް ޖެހިލަމުން ބުންޏެވެ.
[ހިނގާ އަވަހަށް، އެ ފިހާރައަށް ދާން.] ސާދުނާ އެ ފިހާރައިން ނުކުންނަމުން ހިނގައިގަތެވެ. ރަކިވަމުން ލަމްހާވެސް ހިނގައިގަތެވެ. އޭގެފަހުންވެސް ދާން ބޭނުންވާ ފިހާރައަށް ވަނުމުގެ ކުރިން، ސާދުނާ މަޖީދީމަގުން ދެތިން ހަތަރު ފިހާރައަށް ވަނެވެ. ސާދުނާއާއެކު ލަމްހާ ބާޒާރަށް ނާންނަން އުޅެނީވެސް އެހެން ވެގެންނެވެ.
[އަހަރެންގެ ދެފައިވެސް ވާޅުވެއްޖެ. ދެން އިތުރަށް އެއްވެސް ފިހާރައަކަށް އަހަރެން ނުވަންނާނަން. މި ފިހާރައިން ޖެހޭނެ، ތި ގަންނަ އެއްޗެއް ގަންނަން.] މަޖީދީމަގުގައި ހުރި ބޮޑު ފިހާރައަށް ސާދުނާގެ ފަހަތުން ވަންނަމުން ލަމްހާ ބުންޏެވެ.
[މިއީ ފަހުތަން....] ހަމައެކަނި ލަމްހާއަށް އިވޭވަރަށް ވައި އަޑުން ސާދުނާ ބުންޏެވެ. އެތަނުން ސާދުނާއަށް ރީތިވީ އެކަތި ދޭއްޗެއް ނޫނެވެ. އެހެންވުމާއެކު، ހަތަރު ފަސް ހެދުން ހިފައިގެން، ހެދުން ހެޔޮވަރު ކުރާ ތަނަށް އޭނާ ވަނެވެ.
ކައުންޓަރުގައި އިން ސޭޓް ފާޑަކަށް ލޯ އަޅާލިއެވެ. ހީވާގޮތުން އޭނާ ހިތްހަމަނުޖެހުނީއެވެ. އެއްފަހަރާ މާގިނަ ހެދުންތައް ހިފައިގެން ސާދުނާ ވަނީތީއެވެ. ސޭޓް ކިތަންމެ ހިތްހަމަނުޖެހުނަސް، އެއިން އެކައްޗެއްވެސް އޭނާ ހިތްހަމަޖެހޭގޮތެއް ނުވިއެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް އިތުރު ހަތަރު ހެދުން ހިފައިގެން ވަނެވެ. ސޭޓަކަށް ހިމޭނަކުން ނީނދެވުނެވެ. އޭނާ ތެދުވެގެން އައިސް ލަމްހާމެން ގާތަށް ހުއްޓުނެވެ. ނަމަވެސް އަނގައަކުން ނުބުނެއެވެ. އޭރު ސާދުނާ، ފަހަރަކު ހެދުމެއް ލައިގެން ބޭރަށް ނުކުމެ ލަމްހާއަށް ދައްކަމުން ދަނީއެވެ.
[އަޅެ...މިއިން އެކައްޗެއްވެސް އަހަންނަކަށް ކަމަކުނުދޭ. ލަމް ކުރިމަތީ ހުރި ހަރުގައި އެއޮތް ރެޑް ހެދުން ގެނެސްދީބަލަ.] މުސްކުޅި ފުރައިގެ ސޭޓް ގާތަށް ރުޅިއައެވެ.
[ނުގަންނަންޏާ، ތި ހެދުމުން ދާފޮހުމުގެ ބޭނުމަކީ ކޮބާ. އެހެދުން ލިޔަސް، އެވެސް ހިތްހަމަޖެހޭނީ، އެއްޗެއް ގަންނަން އުޅޭނަމަތާ.] ދިމާއަށް ސޭޓް ބުންޏެވެ. ސާދުނާ އައީ އަމަށަކު ރުޅިއެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު