ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ފީއެއް ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރޭޑިއޯއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭކަމަށެވެ. އަދި އެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި، އެހެންކަމުން ބްރިޖު ބޭނުންކުރާ ފަރާތްތަކުން ފީ އެއް ދެއްކުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ނަހުލާ ވިދާޅުވިއެވެ.



"ވިސްނުމުގައެއް ނެތް ބްރިޖް ބޭނުން ކުރުމުގައި ފީ އެއް ނަގާކަށް އަދި ހަމަ ގައިމު ވެސް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް އެބައޮންނަން ޖެހޭ. އަދި މި ކަހަލަ ކަންތައްތައް ގެނެސް ދިނުމަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ." ނަހުލާ ވިދާޅުވި އެވެ.

ބްރިޖު އެޅުމަށްފަހު ކުރީ ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައި އޮތީ، ބްރިޖުން އާމްދަނީ ހޯދުމަށްޓަކައި ޓޯލް ފީއެއް ނެގުމަށެވެ. އަދި އެކަމަށް މަސައްކަތްތަކެއްވެސް ކުރިއެވެ. ނަމަވެސް ރިޔާސީ ކެމްޕެއިންގެ ދުވަސްވަރަށްވުމުން އެކަން އޭރު ފަސްކުރީއެވެ. ދުނިޔޭގެ ބޮޑުތި ގިނަ ޤައުމުތަކުގެ އިތުރުން، ކުދި ޤައުމުތަކުގައިވެސް އަޅާފައިވާ މިފަދަ ބްރިޖުތަކުން އެކި އަދަދު ތަކުން ފީ ނަގައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

މޫސަ

17-Nov-2020

ފެނާއިކަރަންޓކީކޯޗެ ދެންތީބޮޑުވަރު ކަރަންޓާއިފެނާކަޑާލީމައެއީ ގައުމުގެލޭނާރުދޯ



ޓްރެންޑިން