ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިވެހި ދަޢުލަތުން ދެއްކުމަށް ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން މުރާޖައާކުރަން ހުށަހެޅި މައްސަލައިގައި ދެން އޮންނާނީ ޙުކުމް ކުރުމުގެ އަޑުއެހުން ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ހެދި އެއްބަސްވުން ބާތިލުކުރި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ނިންމަވައިލައްވަމުން، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އައިޝާ ސުޖޫން ވިދާޅުވީ، އިތުރަށް ސުވާލެއް ކުރަން ނެތްނަމަ ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.
މި މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ، ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިޔަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭކަމަށް ހުކުމް ކޮށްފައިވަނީ، ދީބާޖާއިން ހުށަހެޅި ކޮން ޑޮކިއުމެންޓްތަކަކަށް ބިނާކޮށްގެން ކަން އެނގެން ނެތް ކަމަށާއި، އެ ޢަދަދު ހޯދި ފޮމިއުލާއެއް ސާފު ނުވާކަމަށެވެ. އެ ޢަދަދު ނެރެފައިވަނީ އެކުންފުނީގައި ނެތް ޕްރެޒެންޓް ވެލިއުއެއްގެ މައްޗަށް ބިނާކޮށްކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި ބަދަލެއް ދޭން ޖެހޭ ނަމަވެސް ދޭންޖެހޭނީ އެއްބަސްވުން ބާތިލް ކުރި މުއްދަތާ ހަމައަށް ކަމަށްވެސް ދަޢުލަތުން ވަނީ ބުނެފައެވެ.
އެ މައްސަލާގައި ދީބާޖާގެ ވަކީލު މުހައްމަދު ހަލީމު ވިދާޅުވީ، އެ ހިސާބުތައް ހަދާފައިވަނީ ފިނޭންސް މިނިސްޓްރީން ކޮށްފައިވާ ހިސާބުތަކަށް ބިނާކޮށް ކަމަށާއި، އަދި އޮޑިޓްގެ ޓާމިނޮލޮޖީ ދައުލަތުގެ ވަކީލަށް ނޭނގުމަކީ ހިސާބުތައް ގޯސްވުންކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ނޫމަޑިއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، ސަރުކާރުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދީފައިވާއިރު، ދީބާޖާއަށް ބަދަލުދޭން ވުމުން ދައުލަތުން އެކަމަށް އިންކާރު ކުރާކަމަށާއި، ނަމަވެސް ޤާނޫނު އަސާސީ ބުނާގޮތުން އެންމެންނާ މެދުވެސް ޢަމަލު ކުރަންޖެހޭނީ ހަމަހަމަ އުސޫލުން ކަމަށް ހަލީމް ވިދާޅުވިއެވެ.
ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ހެދި އެއްބަސްވުން 2013 ގައި، ސަރުކާރުން ބާތިލުކުރި މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓައިފައެވެ.

ކިޔުންތެރިންގެ ހިޔާލު