އެއާޕޯޓް ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ 22 މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށާއި، އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު، 14 ވަނަ ދުވަހު ހަތް މީހަކު އަދި މިއަދު ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.
އެޗްއީއޯސީން ބުނީ ބޮޑުކްލަސްޓާއަކަށް އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓް ވެފައިވާ ކަމަށާއި، އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 22 އަށް އަރާފައިވާ ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 27 މީހަކު ކޮށްފައިވާއިރު، ކޮވިޑްގެ ބަލި މީހުން ތިބިތޯ ބެލުމަށް އިތުރު 136 ސާމްޕަލެއް މިއަދު ވަނީ ނަގާފައެވެ.
ރާއްޖެއިން މިހާތަނަށް 12204 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 11289 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މިހާތަނަށް ކޮވިޑް ޖެހިގެން 43 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު