އެޕިސޯޑް 02
................
[ނުގަންނަންޏާ، ތި ހެދުމުން ދާފޮހުމުގެ ބޭނުމަކީ ކޮބާ. އެހެދުން ލިޔަސް، އެވެސް ހިތްހަމަޖެހޭނީ، އެއްޗެއް ގަންނަން އުޅޭނަމަތާ.] ދިމާއަށް ސޭޓް ބުންޏެވެ. ސާދުނާ އައީ އަމަށަކު ރުޅިއެއް ނޫނެވެ.
[އައްދޭ، އަހަރެން އެބައުޅެންތަ ގަންނަން. ލަމް އަވަހަށް ކާރަށް ގުޅާ....މާ ރުޅިއަރުވަންޏާ މަންމަ ގާތު ބުނެގެން މުޅި ބާޒާރު ގަނެފާނަން.] އޭރުވެސް ސާދުނާ ހުރީ އެފިހާރައިގެ ހެދުމެއްގައިކަމުން، އޭނާ ހެދުން ބަދަލުކުރާ ތަނަށް ވަނެވެ. ލަމްހާ އަތްދަބަހުގައި އޮތް މޯބައިލް ނަގާ ކާރަކަށް (ޓެކްސީއަކަށް) ގުޅާލިއެވެ. އޭރު ސެޓް އަނެއްކާވެސް ގޮސް ކައުންޓަރުގައި އިށީނދެއްޖެއެވެ.
ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވުމުން، އޭރުވެސް ތުނިތުނިކޮށް ވާރޭކަނިޖަހައެވެ. ރުޅިއައިސް ރަތްވެފައި ހުރި ސާދުނާ ނިކަން އަވަހަށް ހެދުން ބަދަލުކޮށްލައިގެން ނުކުމެއްޖެއެވެ.
[ސާދޫ، އަވަހަށް ހިނގާ، އެއޮތީ ކާރު އައިސްފަ.] އެއީ ދޮރުމައްޗަށް މަޑުކުރި ރަތްކުލައިގެ ކާރަށް، ސޭޓް ޝުކޫރަށްވެސް ބަލައިލެވުނު ވަގުތެވެ. ޝުކޫރުގެ ދެލޯ ބޮޑުވިއެވެ. އެއީ އެ ފިހާރައިގެ ވެރިމީހާގެ ދަރިފުޅު އަދުހަމްގެ ކާރެވެ. ދުއްވަން އިނީވެސް އަދުހަމެވެ. މާގަދައަށް ރުޅިއައިސްފައި ހުރުމުގެ ސަބަބުން ޓެކްސީއެއް ކަމަށް ހީކޮށް ސާދުނާމެނަށް އެރުނީ އެ ކާރަށެވެ.
[ނިކަން އަވަހަށް ހެޕީގާޑްންއަށް އަހަރެމެން ގެންގޮސްދީ.....] ރުޅި އައުމުގެ ސަބަބުން ސާދުނާގެ އަޑުވެސް ތުރުތުރުލައެވެ. އަދުހަމް ލޯގަނޑުން ފަހަތުގައި ތިބި ލަމްހާމެނަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯހީވީ ތަރަތަރަޖަހައިގެންދިޔަހެންނެވެ.
[އަދި މާލޭގެ މަގުތަކަށް ވަރަށް އާވާނެ. މަގު ބުނެލަދީ.....] އަދުހަމް އެއިން ގޮތަށް ލޯގަނޑުން ލަމްހާގެ މޫނަށް ބަލަން އިނދެފައި ބުންޏެވެ.
[ސޯސަންމަގު.....] ޖަވާބުދިނީ ލަމްހާއެވެ. ހިނިތުންވެލަމުން އަދުހަމް ކާރު ދުއްވާލިއެވެ. ކޮން މަގެއްހޭ އަދުހަމް އެހީ ކޮންމެހެން އެގެ ނޭނގޭތީއެއް ނޫނެވެ. އޭނާގެ މަޤްޞަދަކަށްވީ ލަމްހާ ލައްވާ ވާހަކަ ދެއްކުމެވެ. ލަމްހާގެ މިލްކުގައިވާ ސިފައިގެ ހިތްގައިމުކަމާ އެއްވަރުގެ ޖަޒްބާތީ އަޑެއް ލިބިފައިވޭތޯއެވެ. އެ އަޑުވެސް ރީއްޗެވެ. އަދުހަމަށް ހީވީ އޭނާގެ ހިތުގެ އެންމެ ހިމަ ނާރުގައި ލަމްހާ ކުޅެލީހެންނެވެ. އޭރު ތުނިތުނިކޮށް ވާރޭވެހެން ފަށައިފިއެވެ.
ފަހަތުސީޓްގައި އިން ލަމްހާއަށް އަދުހަމް ލޯގަނޑުން ބަލަމުން، މަޑު ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައީ، ކުރު މަގުތައްވެސް ދިގު ކުރަމުންނެވެ.
[ޑްރައިވަރު....އަލަށްތަ ކާރަކަށް އަރައިގެން ތިއުޅެނީ. ސޯސަންމަގުވެސް ނުދަންނަންދޯ؟] މަގުތައް ދިގުވެ ދަތުރު ލަސްވާހެން ހީވުމުން ސާދުނާއަކަށް ހިމޭނަކުން ނީނދެވުނެވެ.
[ކާރަށް އަލެއް ނޫން. އެކަމަކު ޓެކްސީ މިކުރަނީ އަލަށް.] އަދުހަމް ހިނިތުންވެލަމުން ބަލައިލީ ލަމްހާގެ މޫނަށެވެ. އޭރު ލަމްހާއަށްވެސް އިނދެވުނީ އަދުހަމާ ދިމާއަށް ބަލަހައްޓައިގެންނެވެ.
[ސެންޓަރަށް ގޮވާފަ އަހަންވީނު.] ސާދުނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ގެއަށްދާށެވެ.
ނަމަވެސް، ލަމްހާ އެއާ ޚިލާފެވެ. ލަމްހާގެ ހިތް އެދެނީ ދަތުރު ދިގުވުމަށެވެ. އެހާ އަވަހަށް އެ ޒުވާނާ ލޯމަތިން ގެއްލުމަކަށް އޭނާގެ ހިތެއް ނޭދެއެވެ. އެޒުވާނާގެ ނަލަކަމާއި ފަރިކަމުގެ ޖާދޫގައި ލަމްހާޖެހި ޤައިދުވަމުންދާއިރުވެސް އެއްވެސް އިޙްސާސެއްނުވާ ސާދުނާ އެދެމުން ދަނީ ދަތުރު އަވަސްވުމަށެވެ. ޔަޤީނެވެ. ފަހަތު ސީޓްގައި އިންގޮތުން އޭނާއަކަށް ރަނގަޅަކަށް އެޒުވާނާއެއް ނުފެނެއެވެ. ޙަޤީޤަތުގައިވީވެސް އެހެންނެވެ. އެއްވެސްވަރަކަށް ސާދުނާއަކަށް އަދުހަމްގެ ހަމަ މޫނެއް ނުފެނެއެވެ.
[ސާދުނާ! ހީވަނީ އަތަށް ހޫނު ގުޅައެއްލައިގެން އުޅޭހެން.] ބޭއިޚްތިޔާރުގައި ލަމްހާއަށް ޑްރައިވަރު ދިފާޢު ކުރެވުނެވެ.
[އާނ...ވަރަށް ރީތިވެއްޖެއެއްނު. އަހަރެންގެ މަންމައާއި ބައްޕަވިއްޔަ، އަހަންނަށް ލަސްވެގެން ގޭ ދޮރާށިބުޑުގައި ކުރުކާލި ކަނޑާނީ.] ސާދުނާ ލަމްހާއާ ދިމާކޮށްލިއެވެ.
[އެމީހުން އެވަރަށް ބަލަހައްޓާތީތާ، އަދި އަދަށްދާންދެންވެސް މިގޮތުގައި ސާބިތުކަމާއެކު މިހުރެވެނީ.] ފަޚްރުވެރިވަމުން ލަމްހާ ބުންޏެވެ. އޭރު ކާރު އޮތީ ހެންވޭރު ހެޕީގާޑްން ދޮރުމަތީގައެވެ. ކާރު މަޑުކޮށްލުމާއެކު، ސާދުނާ ދިހަރުފިޔާގެ ނޫޓެއް ދިއްކޮށްލިއެވެ.
[މިއީ ހިލޭ ސާބަހަށް ދަތުރުކުރާ ޓެކްސީއެއް.] ސާދުނާއަށް އަދުހަމްގެ މޫނު ފެނުނީ އެވަގުތެވެ. ހަމައެއާއެކު، ސާދުނާގެ ޙަރަކާތްތައްވެސް ހުއްޓުނުކަހަލައެވެ.
[ތޭންކްސް.....] ސާދުނާ ޝުކުރު އަދާކުރަމުން، ކާރުން ފޭބިއެވެ. އަނެއްފަރާތުން ލަމްހާވެސް ފައިބައިފިއެވެ. އަދުހަމް ކާރު ދުއްވާލިއެވެ. ސާދުނާ، އޭނާގެ ގެއަށް ވަނެވެ. ލަމްހާ އެގެއާ މާދުރު ނޫން އެހެނަސް ތިންގެ ދޫކޮށް ހުންނަ އޭނާގެ ގެއަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.
އަތްދަބަހާއި ފޯނުގެ މަތިން އޭނާ ހަނދާންވީ، ގެއަށް އައިސް އޮފީސް ކުއްޖަކަށް ގުޅަން ނަމްބަރު ހޯދަން ވެގެން އުޅެނިކޮށްނެވެ.
[މަންމާ، އަހަރެންގެ ފޯނާއި އަތްދަބަސް ނުދެކެންތަ؟ އަނެއްކާ ކާރުތެރޭ ބާއްވާފައި އާދެވުނީކީ ނޫންބާ؟] ލަމްހާ މަންމަ ގާތު އެހުމަށްފަހު، އަމިއްލަ ހިތާވެސް ސުވާލުކޮށްލިއެވެ.
[މަންމައެއް ނުދެކެން. ބާޒާރުން އައިއިރު ގެނައިންތަ؟] ޒައިނަބް ބޮޑު ކޮޓަރިތެރެ ހޯދާލަމުން ބުންޏެވެ.
[ހަމަގައިމުވެސް ފިހާރައިން އަހަރެން ނުކުތީ އަތްދަބަހާއި ފޯނުވެސް ހިފައިގެން....] ލަމްހާ ބުންޏެވެ.
[ދެންވެސް ދަރިފުޅުގެ ނަމްބަރަށް ގުޅާލަބަލަ. ފޯނު އޮތް މީހަކު ފަހަރެއްގައި ނަގާފާނެއެއްނު.] މަންމަ ޚިޔާލުދިނެވެ. އެއީ އެ ބުއްދި ލަމްހާގެ ސިކުނޑިއަށްވެސް ވެރިވި ވަގުތެވެ. ލަމްހާ، އޭނާގެ އަމިއްލަ ނަމްބަރަށް ޑައިލްކޮށްލިއެވެ. މާގިނައިރެއް ވަންދެނެއް ރިންގެއް ނުވެއެވެ. އެކޮޅުން ފިރިހެނަކު ހަލޯވ އޭ ގޮވާލިއެވެ.
[ހަލޯ....ކާކުތީ....] ލަމްހާ އެއްސެވެ.
[ އަދުހަމް.... މި ފޯނު ޙަވާލުކުރަންދާން މިއުޅެނީ. އަނެއްކާ ތީ މިފޯނުގެ ވެރި ކުއްޖާތަ؟] ތަޢާރަފަށްފަހު އަދުހަމް އެއްސެވެ.
[އާނ، ލަމްހާ...ތީ ޓެކްސީ....] ލަމްހާ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ، އަދުހަމް ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެން ހީވެގެންނެވެ.
[ޓެކްސީ ޑްރައިވަރެއް ނޫން. ފޯނު ޙަވާލުކުރަން އަހަރެން މިދަނީ.] އަދުހަމް ބުންޏެވެ.
[ހެޕީގާޑްންއާ ޖެހިގެން ތިންގެ ދޫކޮށް ހުންނާނެ ފަސްބުރި ޢިމާރާތެއް. އަހަރެން ހުންނާނަން ބެލްކަންޏަށް ނުކުމެ.....] ލަމްހާ ފޯނު ބޭއްވިއެވެ.
އަދުހަމްވީ އަމަށަކު އުފަލެއް ނޫނެވެ. އޭނާ ކާރު ދުއްވާލިއެވެ. ލަމްހާ މަންމަ ގާތު ބުނެފައި ބެލްކަންޏަށް ނުކުތެވެ.
މާގިނައިރުތަކެއްނުވެ އަދުހަމްގެ ކާރު، އެގޭ ދޮރާށި ކުރިމައްޗަށް މަޑުކުރިއެވެ. ލަމްހާ ގާތު މަޑުކުރާށޭ ބުނެފައި، ފޯނު ބަލައި ތިރިއަށް ފޭބީ ޒައިނަބެވެ. ލަމްހާ ބެލްކަނީގައި ބަލަހައްޓައިގެން ހުރީ އެހެން ގޮތެއް ނެތީމައެވެ.
ލަމްހާގެ ބަދަލުގައި ޒައިނަބް އަދުހަމަށް ޝުކުރު އަދާކުރިއެވެ. އަދި އެކަހަލަ ތެދުވެރިން މިހާރު މާލޭގައި މަދުން ނޫނީ ނޫޅޭ ކަމަށް ބުނެ، ތަޢުރީފުވެސް ކުރިއެވެ.
އެރެއަށްފަހު، ލަމްހާގެ މުޅި ދިރިއުޅުންވެސް ބަދަލުވެގެންދިޔަ ކަހަލައެވެ. ކޮންމެ ފިރިހެނަކު ފެނުނަސް އޭނާއަށް ސިފަވަނީ އަދުހަމްގެ އެ ޖާދުވީ ސޫރައެވެ. އިންތިޒާރު ކުރެވެނީ، އަދުހަމްގެ ފޯންކޯލަކަށެވެ. އޭނާ ގުޅާފާނޭ ކަމަށް އުންމީދު ކުރެވޭތީއެވެ. ނޫނީ އެ އަޑު އަހާލުމަށް ހިތްއެދި ގޮވަމުންދާތީއެވެ. ޢަޖައިބެކެވެ. ރެޔާ ޖެހެންދެން އެއްވެސް އިޝާރާތަކަށް ގުޑާނުލެވި އޮތް ހިތް މިހާރު އެއުޅެނީ އޮބިނޯވެގެންނެވެ. ހީވަނީ މޭގެތެރޭން ނުކުންނަން އުޅޭހެންނެވެ. އޭގެ ޙައްޤުވެރިޔާއާ ހަމައަށް ވާސިލްވުމަށްޓަކައެވެ.
ނަމަވެސް ލަމްހާ، އޭނާގެ ހިތުގައި އުފެދެމުންދާ ޝުޢޫރުތަކާއި އިޙްސާސްތަކުގެ ވާހަކަ، އެއްވެސް މީހެއް ގާތަކު ނުދައްކައެވެ. ހިތުގެ ޝުޢޫރުތަކަށް ކިޔާނެ ނަމެއް ނޭނގޭތީ ކަމަށްވެސް ވެދާނެއެވެ.
ލަމްހާގެ އިންތިޒާރަށް ނިމުން އައީ ޖެހިގެން އައި ދުވަހުގެ ރެއެވެ. އަދުހަމް، ލަމްހާގެ މޯބައިލަށް ގުޅީީ، އެރޭ ލަމްހާ ނިދަން އޮށޯތްފަހުންނެވެ. ރިންގްވުމާއެކު ލަމްހާ ފުންމައިގެން ތެދުވެ ފޯނު ނަގައިފިއެވެ.
[އައްސަލާމް ޢަލައިކުމް.....] ލަމްހާ ރިސީވް ކުރުމަށްފަހު އެނދުގައި އިށީނެވެ.
[ވަޢަލައިކުމުއްސަލާމް......ލަމްހާތަ؟] އެކޮޅުން އިވުނީ ލަމްހާ އުންމީދުކުރި އަޑެވެ. ލަމްހާގެ ހިތް އުފަލުން ފުރުނެވެ.
[އާނ....ލަމްހާ...ތީ......] ލިބިފައިވާ ބޮޑު ހިތްހަމަޖެހުމުގެ ސަބަބުން ލަމްހާއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.
[މީ....އަދުހަމް...މިރޭވެސް ބާޒާރަށް ދާން ނުކުތިންތަ؟] އަދުހަމް ވާހަކަ ދައްކަމުން ދިޔައީ ކާރުތެރޭ އިނދެއެވެ.
[ނުދަން.....] އަދިވެސް ލަމްހާ މުޅިން ހަމައަކަށް ނޭޅެއެވެ.
[ލަމްހާ.....އެރޭ ކީއްވެތަ، މާ ހާސްވެގެން އުޅުނީ. ޓެކްސީއެއް ކަމަށް ހީކޮށް، އަހަރެންގެ ކާރަށް އެރުނުއިރުވެސް ނޭނގުނުވިއްޔަ.] އަދުހަމް ހީނގަންނަމުން އެއްސެވެ. އެއަށްފަހު، އެރޭ ކަންތައްވީގޮތް ލަމްހާ އަދުހަމަށް ކިޔައިދިނެވެ. މައްސަލަތައް ދިމާވީ އަދުހަމްގެ ބައްޕަގެ ފިހާރައެއްކަން ނޭނގިއެވެ.
[ހަމަ ރަނގަޅަށްތަ ތިބުނީ؟ ޝުކޫރުބޭގެ ޝަކުވާ ވަރަށްގިނަ ކަސްޓަމަރުން ކުރޭ. މާދަމާ ބައްޕަ ގާތު ބުނެގެން ޝުކޫރުބޭ އޮފީހަށް ބަދަލުކުރާނަން.]
ތެދެކެވެ. އެނޫނަސް ޝުކޫރުގެ ޝަކުވާތައް އަދުހަމްގެ ބައްޕަ ޒުހޫރާ ހަމައަށްވެސް ކިތަންމެފަހަރަކު އައިސްފައިވެއެވެ. ނަމަވެސް، ޝުކޫރަކީ އެކުންފުނީގެ ދުވަސްވީ މުވައްޒަފަކަށްވާތީ، އޭނާއާ ދޭތެރޭ ފިޔަވަޅު ނާޅަނީއެވެ.
[އެއީ އަދުހަމްގެ......]

ކިޔުންތެރިންގެ ހިޔާލު