މައިނޯރިޓީ ލީޑަރު، އަހްމަދު ސަލީމް ރެޑްވޭވް ސަލީމް
މައިނޯރިޓީ ލީޑަރު، އަހްމަދު ސަލީމް ރެޑްވޭވް ސަލީމް
ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓު މި ދަނޑިވަޅުގައި ފާސް ކުރަން އިދިކޮޅަށް ތާއީދުކުރެވެން ނެތް ކަމަށްމަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ނިކަމެތި ހާލަތު ގަބޫލުކޮށް، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު އަނބުރާ ގެންގޮސް، އެއަށް ވުރެ ހަރަދު ކުޑަ ބަޖެޓެއް އަލުން ހުށަހެޅުމަށް  އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ދަށްވުމުގެ ސަބަބުން ރައްޔިތުުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފާގައި ފާޅުކޮށްފައިވާކަން ސަލީމް ވަނީ ފާހަަގަކުރައްވާފައެވެ. މިފަދަ ދަނޑިވަޅެއްގައި ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓް ކުރަން ރަނގަޅު ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މުޅި ބަޖެޓް ބިނާ ކުރަން ވާނީ މި ހާލަތުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލާނީ ބަޖެޓް އަނބުރާ ގެންދާށޭ، ގެންގޮސް 25 ބިލިއަން ރުފިޔާއަށް، 24 ބިލިއަންއަށް ވިޔަސް ކުޑަކޮށްފައި ގެންނާށޭ. 20 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަކު ނުދާނެ." މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް ސަލީމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ. އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން