ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑިނުގެއްލޭކަމަށް ސުޕްރީމްކޯޓުން މިއަދު ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން މިހެން ނިންމާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑިގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްވި ޙުކުމްގައެވެ.
ސުޕްރީމް ކޯޓުން މި މައްސަަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައި ވަނީ، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ ވަގުތީ ކައުންސިލްގެ މެންބަރުކަން، މެންބަރު ގަބޫލު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކުރުން މަނާ ވަޒީފާއެއް ނޫން ކަމަށެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އައްސަދު ޝަރީފު ސުޕްރީމް ކޯޓަށް ޔައުޤޫބްގެ ގޮނޑީގެ މައްސަލަ ހުށަހެޅީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްގެ ކައުންސިލް މެމްބަރުކަމާ އޭނާ ހަވާލުވެ ވަޑައިގަތުމުން ދައުލަތުގެ އެހެން ވަޒީފާއެއް އޭނާ ގަބޫލު ކުރެއްވީ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެއެވެ. މިމައްސަލަ ފެންމަތި ވުމާއެކު މެންބަރު ޔައުޤޫބު ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު