އެއަރޕޯޓުގެ އާ ޓާރމިނަލްއާއި ރަންވޭ ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ޗައިނާގެ ދެ ކުންފުނިން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ވޭތުވެދިޔަ ސައުވިސްގަޑިއިރުތެރޭ މާލެއިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރެވުނު ޢަދަދު ކުއްލިއަކަށް އިތުރުވެފައިވަނީ އެއަރޕޯޓުގެ އާ ޓާރމިނަލްއާއި ރަންވޭ ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ޗައިނާ ހާބަރ އިންޖިނިއަރިންގ އާއި, ޗައިނާ ކޮމިއުނިކޭޝަން ކުންފުނީގެ ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ.
އެގޮތުން ޗައިނާ ހާބަރ އިންޖިނިއަރިންގ ކުންފުނިން އިއްޔެ 22 މީހަކު ޕޮޒިޓިވްވެފައިވާއިރު، ޗައިނާ ކޮމިއުނިކޭޝަން ކުންފުނިން 16 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު އެ ދެ ކުންފުނިން ޕޮޒިޓިވްވި ޖުމްލަ ޢަދަދު ވަނީ 90 އަށް އަރާފައެވެ.
އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 110 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 79 ބިދޭސީންނެވެ. މިބަލި ޖެހިގެން މިހާތަނަށް ރާއްޖެއިން 45 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު