ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޑިޕާރޓްމަންޓުން އިތުރު 10 މުވައްޒަފުން ޕޮޒިޓިވްވެ، އެ ޑިޕާޓްމަންޓުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފުންގެ ޖުމްލަ ޢަދަދު 32 އަށް އަރައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ އެއަރޕޯޓުގެ ކާގޯ ޑިޕާރޓްމަންޓުން ހޯމަދުވަހު 10 މުވައްޒަފަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށާއި، އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު، 14 ވަނަ ދުވަހު ހަތް މީހަކު އަދި 15 ގައި ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.
އެޗްއީއޯސީން ބުނީ ބޮޑުކްލަސްޓާއަކަށް އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓް ވެފައިވާ ކަމަށާއި، އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 32 އަށް އަރާފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ބަލި މީހުން ތިބިތޯ ބެލުމަށް އިތުރު 136 ސާމްޕަލެއް ވަނީ ނަގާފައެވެ.
އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 110 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 79 ބިދޭސީންނެވެ. މިބަލި ޖެހިގެން މިހާތަނަށް ރާއްޖެއިން 45 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު