ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު
މާލެ ސަރަޙައްދުގައި ދުއްވާ ވެހިކަލްތަކުން އިތުރު ފީއެއް ނަގަން ބަޖެޓުގައި ހިމަނާފައިވާތީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ފާޑުވިދާޅުވެއްޖެއެވެ.

ވެހިކަލްތަކުން އިތުރު ފީއެއް ނަގާތީ މުޢިއްޒު ފާޑު ވިދާޅުވެފައިމިވާއިރު މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން ޕާކިން ފީގެ އިތުރުން އިތުރު ޗާޖެެއް ނެގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ ހިމަނާފައެވެ. އެގޮތުން ކޮންޖެޝަން ޗާޖު ނެގުމަށް ބަޖެޓްގައި ހިމަނާފައިވާއިރު މިއީ މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދުއްވާ ތަނަކަށްވެފައި މި ސަރަހައްދުގައި ބައިބޯވުން ކުޑަކުރުމަށް ނަގާ ފީއެއްކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުގެ އެނިންމުމަށް ފާޑު ވިދާޅުވަމުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޮންޖެޝަން ފީގެ ނަމުގައި ރައްޔިތުންގެ ޖީބުން ފައިސާ ހޯދަނީ މިސަރުކާރުން އަޅަން ބޭނުންވާ ބްރިޖު އެޅުމަށްކަމަށެވެ. އަދި މިސަރުކާރަށް ޓްރެފިކާއި ޕާކިން މައްސަލަ ހައްލުނުވުމަކީ ރައްޔިތުން އިތުރަށް ފަގީރުކޮށް، ނިކަމެތިކުރަންޖެހޭ ސަބަބެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.



ކޮންޖެޝަން ޗާޖު ނެގުމަށް ހުށަހަޅާފައިވަނީ މިހާރުވެސް އުޅަނދުތަކުގެ އަހަރީ ފީ ނެގުމަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައެވެ. އަދި އަންނަ އަހަރުގެ ބަޖެޓަށް ކޮންޖެޝަން ފީގެ ގޮތުގައި 36.6 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.

ކޮންޖެޝަން ޗާޖު ނެގުމުގެ އިތުރުން، ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުން ޕާކިން ސަރަޙައްދު ކުއްޔަށްދޭން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާ، އިއުލާންކޮށްފައެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޖާގަ ވިއްކުމަށްޓަކައި 57 ޖާގައެއް ވަނީ ކަނޑައަޅާފައެވެ. މިޖާގަތައް ވިއްކާނީ 3000 ރުފިޔާއަށެވެ.

މާލޭގެ ތޮށްޖެހުން ކުޑަކޮށް، ޓްެރެފިކް މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އަދިވެސް އެކަންކަމަށް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށް ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން