ޔުނިސެފުން ރާއްޖެއަށް ލެޕްޓޮޕާއި، ޓެސްޓްކިޓް ހަދިޔާކޮށްފިއެވެ.
ޔުނިސެފުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 46 ލެޕްޓޮޕާއި 5000 ޕީސީއާރް ޓެސްޓު ކިޓެވެ. މިތަކެތި ޔުނިސެފުން ރާއްޖެ އަށް ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ޔުނިސެފުން ބުނީ ރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގެ އެންމެ އިސް މަރުކަޒަކީ އެޗްއީއޯސީ ކަމަށާއި އެ ޖަމިއްޔާ އިން ހަދިޔާކުރި ލެޕްޓޮޕްތަކާއެކު އެޗްއީއޯސީގެ މަސައްކަތް އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެ ކަމަށެވެ. މިތަކެތީގެ ޖުމްލަ އަގު 1.7 މިލިއަން ރުފިޔާ އަރާނެ ކަމަށް ޔުނިސެފުން ބުންޏެވެ. މިހާތަނަށް އެ ޖަމިއްޔާއިން ވަނީ ކޮވިޑާއި ގުޅިގެން 17 މިލިއަން ރުފިޔާގެ އެހީތެރިކަން ރާއްޖެ އަށް ފޯރުކޮށްދީފައެވެ.
ޔުނިސެފުން ގެންދަނީ ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު