ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައީސް މުހަންމަދު ނަޝީދު މުލީއާގެ ބޭރުގައި މަޑުކޮށްލައްވައިގެން
ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައީސް މުހަންމަދު ނަޝީދު މުލީއާގެ ބޭރުގައި މަޑުކޮށްލައްވައިގެން
އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު މަސައްކަތްކުރައްވަނީ ސަރުކާރަށް ޕްރެޝަރުކޮށްގެން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ސަރުކާރަށް އުދަނގޫކޮށް ޕްރެޝަރުކުރަނީ ބަރުލަމާނީ ނިޒާމެއް ގެންނަން ކަމަށެވެ.

"ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ސަރުކާރަށް އުދަނގޫ ކުރެއްވުމުގެ ހަގީގީ ބޭނުމަކީ ރައީސް އަށް ޕްރެޝަރުކުރައްވައިގެން ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރުކަން ހޯދުން. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ކީހާ ޅެން ފަރިއްސަށް." ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވިއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ އަބަދުވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެހެން ނަމަވެސް ނަޝީދުގެ ވިސްނުންފުޅާ ރައީސް ސޯލިހްގެ ވިސްނުންފުޅު އެކަމުގައި ވަނީ ދެކަފިވެފައެވެ. ދާދިފަހުން ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ވާހަކަ ދެއްކެވި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަަލަ މިހާރު ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށައަޅާފައެވެ.

މީގެ އިތުރުން އަލްހާން ފަހުމީ ވަނީ ދިވެހި ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ރާއްޖެ އިސްލާމްވީ ދުވަހު ވެސް އެނިންމުމާ ދެކޮޅަށް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާތީ ވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.

"މިއަދު މަޖިލީހުގެ ޖަލްސާ ރައީސް މުހަންމަދު ނަޝީދު ބޭއްވީ މިދުވަހުގެ މުހިންމު ކަމާއި ހުރުމަތް ކަނޑާލުމަށްތޯ؟" އަލްހާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން