ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބުރަ ބޮޑުވެގެން އުޅެނީ ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ،2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ އިން ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ލޯނުތަކުގެ ގްރޭސް ޕީރިޑް ހަމަވެ، އޭގެ ބޮޑު ބައެއް މިހާރު އަނބުރާ ދައްކަންޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހިމެނިފައިވާއިރު، އޭގެ 80 ޕަސަންޓަށްވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، ކޮވިޑް-19 އިގެ ހާލަތުގައި މުޅި ދުނިޔެއާއެކު ރާއްޖޭގެ އިގުތިސޯދުވެސް އާމްދަނީ އެއް ނުލިބި އިނދަޖެހިފައިވާ ދަނޑިވަޅެއްގައި އެ ފައިސާ ހޯދަން ޗައިނާފަދަ ބޮޑު ގައުމަކުން މަސައްކަތްކުރާތީ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެެވެ.

"އެއްވެސް ލުޔެއް ނެތޭ. ކޮބާތޯ އިންސާފަކީ؟ ޗައިނާގެ ރައީސަށާއި ޗައިނާގެ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން މި ރާއްޖެއަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން އެގޮތަށް މެދުވެރިވީ، ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށެވެ.

"ބައެއްގެ ދަރަނި ދައްކާންވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި މި ވިއްކާލަންޖެހެނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ މާލިއްޔަތަށް އެމްޑީޕީ ސަރުކާރެއްގައި ގެއްލުމެއް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ހުރިހާ ލޯނުތަކެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަނބުރާ ދައްކާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ދީފައިވާ ލޯނުތަކަށް ޗައިނާ އިން ލުއި ނުދޭކަމަށް ނަޝީދު ވިދާޅުވިއިރު ކޮވިޑް-19 އާ ގުޅިގެން ސީދާ ޗައިނާ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ ލޯނުތައް ފަސްކޮށްދޭން ނިއްމައި އެކަން ވަނީ ދެސަރުކާރުން ވެސް އިއުލާންކޮށްފައެވެ. އަދި ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާތައް ދެ ގައުމުން ކުރަމުންދާއިރު، އެ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރުވެސް ވަނީ ހާމަކުރައްވާފައެވެ.

ޗައިނާގެ ލޯނު ތަކާ ބެހޭގޮތުން ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ލޯނު ނުދެއްކިގެން ހަރުމުދާ އަތުލަން ޗައިނާއިން ވެސް ނާންނާނެ ކަމަށާއި ސަރުކާރުން މަޝްވަރާ ކޮށްގެން ލޯނުތައް އަލުން މުރާޖަޢާ ކުރުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އަބްދޫ

25-Nov-2020

މައުމޫނުގެ 9 ބިލިއަނާ ނަސީދު ގެ 18.5 ބިލިއަން ދަރަނިން މުއްދަތު ހަމަވާ ދަރަނި ވަހީދާ ޔާމީނު ދެއްކި އިރު ދަރަނިހޯދަން ކިނބިގަސްދޮށުގެއަށް ނުވަތަ ކެނެރީގެއަށްދާށޭ ވެސް ނުބުނޭ.ބަޖެޓްހަދާފަ މިވެނިމީހެއްގެ ދަރަނީގެސަބަބުން ކަމެއްނުކުރެވިގެން އުޅެނީއޭ ނުކިޔާ.ވެރިކަންބަދަލުވުމުން 100 މިލިއަން ޑޮލަރުގެ ދަރަނި އިންޑިޔާއިން ދައްކާށޭ ބުނީމަ ވެސް ވަގުތުން ދެއްކީ ބޮޑަލެއް ނަހާކާ.ވާހަކަ ދައްކާނީ ެޮޅުވާލުމާ ނާގާބިލް ވީމަ.


-8

ގަންޖާ

25-Nov-2020

ދައްކަން ޖެހޭނީ. ދައްކާ. އަހަރުން އަތުން ޓެކްސް ނަގައިގެން ކަލޭމެން އެކާލައިގެން ތިބެން ހިތަށް ނާރުވާ. ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ނެގި ލޯނު އެއިން އަދާކުރޭ. ކަލޭމެންގެ ޖީބުން ދައްކަން ޖެހޭ އެއްޗެއްތަ އެއީ އަޅެފަހެ. އަދި ބުނަން! ކަލޭމެން އިންޑިއާ އަތުން ނަގާހާ އެއްޗެއް އަދާކޮށް ނިންމާތި މިތަނުން ރައްކާވުމުގެ ކުރިން.


0

ޙައްތު

18-Nov-2020

މިހާރުކުރީސަރުކާރުވާހަކަނުހިގާނރ



ޓްރެންޑިން