މާލެ އިން ފެނުނު ކޮވިޑްގެ ފުރަތަމަ ކޭސް އާއެކު ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ގައުމާ މުޚާތަބުކުރެއްވި ތަގުރީރުގައި އެމަނިކުފާނަށް ކީރިތި ކުރެއްވުމުން ފާޑުކީ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މިއަދު ރައްދު ދެއްވައިފިއެވެ.
ގައުމާ މުޚާތަބުކުރައްވަމުން ރައީސް ސޯލިހް ކީރިތި ކުރެއްވުމުން ބައެއް މީހުން ހަޖޫ ޖެހި ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް ސިއްހީ ފަރުވާ ނުދެވިގެން ބޮއްސުން ލައިގެން ގޮސް އެތައް މި ތަނުގައި މީހުން މަރުވާއިރު ކީރިތި ނުކުރައްވާ ވެރިއަކު ހުރެގެން ނުވާނެ ކަމަށެވެ. ރައީސް ނަޝީދު ސިފަކުރެއްވިގޮތުގައި މިއަށްވުރެ ހިތާމަވެރި ދުވަސްތަކެއް ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރިމަތިވެފައެއް ނުވެއެވެ.
"އަޅުގަނޑުގެ ޒަމާންވީ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ނިދި ކުރައްވާނީ ހިތާމައިގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ވައުދުތައް ފުއްދުމަށް މި ފަދަ އިގްތިސާދީ ތާށި ކަމެއް ކުރިމަތިވި ނަމަވެސް ރައީސްގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ރޯގާ ފެތުރުން ކޮންޓްރޯލް ކުރެވި، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައި އިގްތިސާދު އަރާސްތު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
"ރޯގާގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ރެއަކު ބަލަހައްޓަވަމުން ގެންދެވި މިންވަރު ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ އެކެއްގެ ހިތަކުން ވެސް ފިލައިގެން ގޮސްގެން ނުވާނެ." ރައީސް ނަޝީދު ވިދާޅުވިއެެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮވިޑް-19 ގެ ރޯގާ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރީ އެމަނިކުފާނުގެ އަމިއްލަ އަތްޕުޅަށް "ރޯގާ ނަންގަވައި ނެރުއްވި ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
"އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ރައީސް ކަމުގައި އަޅުގަނޑުމެން ފެއިލްވެ އެއް ނުދާނެ، ދަރަނީގެ ވާހަކަ ވާދަވެރިން ދައްކަވަން އެއަށްވުރެ ލަދުވެތި ވާހަކަ އެއް ނޯއްނާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު