ދިވެހިން މަގު ފުރައްދަން އުޅޭ މީހުންނާ މެދު ސަމާލުވުމަށް ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ގޮވާލައްވައިފިއެވެ.
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ކުރެއްވި ޓްވީޓެއްގައި، ސައްހަ އަގީދާ އަކީ ކޮބައިކަން ނޭނގޭ ހާލު ދިވެހިންގެ އަގީދާ ނުގުޑާނެއޭ ބުނެ ބާތިލް އަގީދާތަކަށް ގޮވާލައި، ދިވެހިން މަގު ފުރައްދަން އުޅޭ މީހުންނާ މެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެެ.
މީގެ އިތުރުން ދިވެހިންގެ އަގީދާ އަކީ އަހްލު ސުންނަ ވަލްޖަމާއަތުގެ އަގީދާ ކަމަށް ވެސް ޝައިހް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް އެ ޓްވީޓު ކުރައްވާފައި ވަނީ ދިވެހިންގެ އަގީދާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަށް އިޝާރަތް ކުރައްވައި ކަމަށް ބެލެވެއެވެ.
އެގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަނބަން ފެށީ ސޫފީ ދަންނަ ބޭކަލުންގެ މަތިވެރި ސުލްހަވެރި މަސައްކަތުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ދިވެހިންގެ އަގީދާ ބަދަލު ކުރަން ތަފާތު ދަންނަ ބޭކަލުންގެ ނަމުގައި މީހުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ދިވެހިންގެ އިސްލާމީ އަގީދާ ނުގުޑާ ކަމަށެވެ. ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން ދިޔައީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު