ރައީސް އިބްރާހިމް މުހަންމަދު ޞާލިހުގެ ވެރިކަމުގެ ދެ އަހަރުގައި ކުރިމަތިވެފައިވާ ގޮން ޖެހުންތަކާއި، ކުރިއަށް އޮތްތަނުގައި ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަނެ މިޤައުމު އަމާން ބަދަރަކަށް ގެންގޮސްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތްކަމަށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ރައީސް ޞާލިހުގެ ކޯލިޝަންގެ ވެރިކަމަށް ދެއަަހަރު ފުރުމުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޤާސިމް ވިދާޅުވީ ރައީސް ޞާލިހު ވެރިކަން ކުރައްވަނީ އެއްވެސް ގޮތަކަށް ފަސޭހަ ކަނޑެއްގައި ނޫންކަމަށެވެ. އެމަނިކުފާނަށް ސަރުކާރުގެ ތެރެއިންނާއި، ސަރުކާރުގެ ބޭރުންވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އުދަގޫތަކާއިއެކުވެސް ކެތްތެރިކަމާއިއެކު އެކަންކަމާއި ކުރިމަތިލައްވައި ކާމިޔާބީއާއި ހަމަޔަށް ވާސިލްވުމަށް ގަދައަޅާ މަަސައްކަތް ކުރައްވަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިޤައުމުގެ ހިދުމަތުގައި އެމަނިކުފާނަށް ކުރިމަތި ވަމުންދާ ޕްރެޝަރާއި އެކުވެސް ކޮށްދެއްވަމުންދާ އަގުހުރި ހިދުމަތްތަށް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޞާލިހު މީގެ ކުރިން ތަކުރާރުކޮށް ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ހެދިފައި މިއޮތް ކޯލިޝަން ދެމިއޮންނާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވާފައެވެ. އަދި ކޯލިޝަންގެ ލީޑަރުންނާއި ފޯނުން ގުޅުއްވައި މިހާރުވެސް ބަރާބަރަށް މަޝްވަރާކުރައްވާކަމަށާއި، ކެބިނެޓަށް ވަޒީރުން އައްޔަންކުރެއްވުމާއި ވަކިކުރުމުގައި ވެސް މަޝްވަރާ ހޯއްދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ އެމްއާރުއެމް އާއެކު ހެދި ކޯލިޝަނަކުންނެވެ. ވެރިކަމަށް ދެއަހަރު ފުރިފައިވާއިރު ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވަނީ ކޯލިޝަން ސަރުކާރެެއް ދެމެހެއްޓެވުމުގައި ކާމިޔާބު ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު