ރައީސް ޔާމިން ސަރުކާރުގެ އިޤްތިޞާދީ މިނިސްޓަރ ސައީދު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް އަހަރު ސަރުކާރުން ދައްކަންޖެހޭ ދަރަނި ބޮޑުކަމަށާއި، އެ ދަރަނި ބޮޑުވީ ޗައިނާއިން ނެގި ލޯނުތަކުގެ ސަބަބުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން 53 އިންސައްްތަ ޚަރަދުކުރާނީ ދަރަނި ދެއްކުމަށްކަމަށެވެ. އަދި ދަރަންޏަށް ދައްކާ ފައިސާގެ ތެރެއިން 80 އިންސައްްތައަކީ ޗައިނާއަށް ދައްކަންޖެހޭ ފައިސާކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މިފައިސާއަކީ "މާމަގެ ފައްޓަރުބައި" ވިއްކައިގެންވެސް ދެއްކޭނެ ދަރަންޏެއް ނޫންކަމަށެވެ.
Discussing 2021 budget in Majlis today. 🇲🇻 debt repayments next year will amount to 53% of government revenue. Over 80% of debt repayments will go to China. Totally unaffordable. Even if we sell our grandmother’s jewelry, we won’t be able to afford these repayments. pic.twitter.com/Vc2v8n2Kov
— Mohamed Nasheed (@MohamedNasheed) November 18, 2020
ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ ދައުލަަތަށް ބުރަ ބޮޑުވެގެން އުޅެނީ ޗައިނާއިން ނެގި ލޯނުތަކުގެ ސަބަބުން ނޫންކަމަށެވެ. ސައީދު ވިދާޅުވީ މިސަރުކާރަށް ދިމާވެގެން އުޅޭ މައްސަލައަކީ ފައިނޭންސް މެނޭޖްކުރަން ނޭނގުމުން ދިމާވެގެން އުޅޭ މައްސަލައެއްކަމަށެވެ.
ސައީދު ވިދާޅުވީ ދައުލަތުގެ ދަރަނި 82 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މިސަރުކާރުން ނެގި ދަރަނިކަމަށެވެ.
1/2 MDP’s internal budget fight comes to the peak. By 2021’s national Debt hits MVR82B. MVR42B produced in 3yrs by this gov. It’s not China’s infrastructure finance causing trouble but the own failure to manage finance. A record 35billion budget when the world in a distress.
— Mohamed Saeed (@em_saeed) November 18, 2020
ސައީދު ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އުމްރާނީ ތަރައްޤީއަށް ހިންގި މަޝްރޫޢުތަކަށް ހިނގި ޚަރަދަށްވުރެ މިސަރުކާރުން ނަގާފައިވާ ދަރަނި ބޮޑުކަމަށެވެ. ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުން ތަރައްޤީގެ އެކި މަސައްކަތްތަކަށް ނެގި ލޯނުގެ އަދަދު 40 ބިލިއަން ރުފިޔާއަށް އަރާއިރު، މިސަރުކާރުން މީހުންނަށް މުސާރަދިނުން ފަދަ ރިކަރަންޓް ޚަރަދުތަކަށް މިދިޔަ 2 އަހަރުތެރޭގައި ނެގި ދަރަނި 42 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.
Debt produced by MDP’s gov is more than the total infrastructure investment (Profitable,Investment led borrowings) between2015-18|
— Mohamed Saeed (@em_saeed) November 18, 2020
- Debt between 2019-2021 hits almost MVR42Billion (mostly recurrent)
- Debt on infrastructure investment between 2015-18 remains MVR40B. “Fattaru”? https://t.co/wItfCo5uRk
ސަޢީދު ވިދާޅުވީ މިސަރުކާރުން 16 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ޕޯޓަކާއި ބްރިޖެއް އަޅަނީ އަތޮޅުތެރޭގެ ރަށްތަކުގެ ތަރައްޤީ އެއް ފަރާތްކޮށްލުމަށްފަހުކަމަށެވެ.
2/2. The minority voice of the MDP’s Parliamentary faction must know that their own gov is dumping more than the entire 19 atoll’s development budget to Male’ bridge & port equity. Result? another loan of nearly US$1B. (MVR16B)? #fattaru bai hama vikkanee.!
— Mohamed Saeed (@em_saeed) November 18, 2020
ދައުލަތުގެ ދަަރަނީގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ދެމެދު ހޫނު ޒުވާބުތަކެއް ހިނގަމުންދާއިރު، މިދުވަސްވަރަކީ މަޖިލީހުގައި ބަޖެޓްގެ މަސައްކަތް ހިނގާ ދުވަސްވަރެވެ. ބަޖެޓުގެ މައްސަލައިގައި އެމްޑީޕީގެ މެންބަރުންގެ ޚިޔާލުވެސް ވަނީ ދެކަފިވެފައެވެ. އެގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި އެހާ ބޮޑު ބަޖެޓެއް ކަމުނުދާ ކަމަށް ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ.
ސަރުކާރުން ތުހުމަތުކުރާގޮތުގައި ދައުލަތުގެ ދަރަނި ބޮޑުވެގެން އުޅެނީ ކުރީ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރައީސް ޔާމީންގެ ސަރުކާރުން ލޯނު ނަގައިގެން ހިންގާފައިވަނީ ދައުލަތަށް އާމްދަނީ ލިބޭގޮތަށް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއްކަމަށެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ކުރިއަށްދާއިރު، ހަޤީޤަތުގައި ދައުލަތުގެ ދަރަނީގެ ތަފްސީލެއް ރައްޔިތުންނަކަށް ނޭނގެއެވެ. ފިނޭންސް މިނިސްޓްރީން ބުނާ އަދަދާއި، މަޖިލީހުން ބުނާ އަދަދާއި، ދައުލަތުގެ މާލީ އިދާރާތަކުން ދައްކާ ހިސާބުތައް އެއްގޮތަކަށްވެސް ދިމާނުވާކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު