އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
މިސަރުކާރުގެ ދެއަހަރު ދުވަހުގެ ތެރޭގައި 10 ވަަރަކަށް ކުންފުނި އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފައިދާއަށް އުފައްދާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ، ސަރުކާރުން އާއްމު ވިޔަފާރިތަކުގެ ތެރެއަށް ނުވަނުމަކީ އެމްޑީޕީގެ އެއް ސިޔާސަތު ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ވެސް ދެ އަހަރުގެ ތެރޭގައި 10 އަކަށް ވުރެ ގިނަ ކުންފުނި އުފައްދާފައިވާކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެއީ މިނިސްޓަރު ފައްޔާޒު އަމިއްލަ ފައިދާއަށް އުފެއްދި ކުންފުނިތަކެއް ކަމަށް، މިނިސްޓަރު ފައްޔާޒަށް ނިސްބަތް ކުރައްވައި އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން ހެދި ކުންފުނި ތަކުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށާއި، ކުރިހާވެސް ކަމަކީ އިކޮންމިކް މިނިސްޓްރީގެ މުވައްޒަފުން ކުންފުނިތަކުގައި ބައިތިއްބައިގެން ބޮޑެތި މުސާރަތައް ދިނުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ހުރިހާ ވެސް ކަމަކީ އެކިއެކި މިނިސްޓްރީތަކުގެ، އެހެންވެސް، އަޅުގަނޑުމެން ހަދާފައި ހުރި އެސްއޯއީތަކުގެ (ވެސް) ބާރު ގެނެސް އަމިއްލަ މިނިސްޓްރީ ތެރެއަށް، ބޮޑު މިނިސްޓަރު ހެދިގެން ވައްދައިގެން އިނުން." އާޒިމް ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މަސައްކަތް ކޮށްކޮށް އޮއްވާ އަނެއްކާ "ފަހި ދިރިއުޅުން" ކިޔާ ކުންފުންޏެއް ވެސް ސަރުކާރުން އުފައްދާފައިވާ ކަމަށް ވިދާޅުވެ އާޒިމް ވަނީ ފާޑުވިދާޅުވެފައެވެ. އަދި ދަނޑުވެރިކަމަށް ޚާއްސަ ކޮށްގެން އެގްރޯ ކުންފުނީގެ ނަމުގައި ވެސް ކުންފުންޏެއް ހަދާފައިވާއިރު އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތަކީ ހަގީގަތުގައި އެގްރިކަލްޗަރު މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތައް ކަމަށާއި ނަމަވެސް ކުންފުންޏެއް ހެދީ އަމިއްލަަ އަށް އެ ބާރު ނަގަން ވެގެން ކަމަށް ވެސް އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ.

ކުންފުނިތައް މެދުވެރިކޮށް ފައްޔާޒު ކޮރަޕްޝަން ހިންގާ ކަމަށް ވެސް ނުސީދާ ގޮތެއްގަައި އާޒިމްް ވަނީ ތުހުމަތު ކުރައްވާފައެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަސައްކަތް ފައްޓަވާފައެވެ. އެމައްސަލަ މިހާރު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން