ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކަންނެލި ދޯންޏެއްގައި މިދިޔަ މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިިމެނޭ ޝަހީބް އިބްރާހިމް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލާފައެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ދަށު ކޯޓުގެ އަމުރު ބާތިލްކޮށް އެ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. އިދިކޮޅު ޕީއެންސީ ކައުންސިލް މެމްބަރަކަށް ހުރި ޝަހީބްގެ އިތުރުން އިތުރު ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކޮށްފައިވާއިރު އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.
އެ މައްސަލާގައި ޝަހީބް ހައްޔަރު ކުރުމުން ޕީއެންސީގެ ކައުންސިލް ހަރަކާތްތަކުން އޭނާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު