އެޗްޑީސީއަށް ދައްކަންޖެހޭ ކުލި ދެއްކުމަށް ލުއިދިން މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ކޯވިޑާ ގުޅިގެން އާއްމުންނަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓު، ގޯތި، ރޯހައުސް އަދި ކޮމާޝަލް ޔުނިޓްތަކާއި ސިނާޢީ ބިންތަކަށް މިއަހަރުގެ އޭޕްރީލްމަހުން ފެށިގެން އިންސްޓޯލްމަންޓާއި ކުލީގެ 30 އިންސައްތައަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ނިންމުން ޑިސެމްބަރުމަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. މީގެއިތުރުން ތިލަފުށި އަދި ގުޅީފަޅުން ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތައްވެސް މީގެ ތެރޭގައި ހިމެނޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކުލި ދެއްކުމުގައި ލުއި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 31 ޑިސެމްބަރުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އެޗްޑީސީން ބުނީ ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ މަސްތަކުގެ އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ އެޗް.ޑީ.ސީއަށް އަނބުރާ ދައްކަން 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގައެވެ.

އެޗްޑީސީން ބުނީ ކުރިއޮތް ތަނުގައިވެސް ކޯވިޑް-19ގެ ޙާލަތަށް ރިޔާޢަތްކޮށް އިތުރު ލުއިތަކެއް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ފާތުން

19-Nov-2020

ވަރައް ރަންގަޅު ނިންމުމެއް ސަރުކާރައް ސުކުރު ހައްގު



ޓްރެންޑިން