ސްޓެރެޓެޖިކް އެކްޝަން ޕްލޭނާއި ގުޅޭ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު ޔޫތު މިނިސްޓްރީން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫ ގައި މި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްއެވެ.
ޔޫތު މިނިސްޓްރީން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ "ސްޓެރެޓީޖިކް އެކްޝަން ޕްލޭން 2019-2023"ގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި އަދި އެކްޝަންތައް ތަންފީޒުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު އެމްއޯޔޫއަކީ ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ކަމާބެހޭ އެކިއެކި ފަރާތުގެ އެހީތެރިކަން ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫތު މިނިސްޓްރީއާ ގުޅިގެން ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްތައް ރާވާ ހިންގުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކުރެވުނު އެމްއޯޔޫއެއްކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
މި އެމް.އޯ.ޔޫގެ ދަށުން ކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި ދެ މިނިސްޓްރީ ޝާމިލްވާގޮތަށް ކޮމިޓީއެއް އެކުލަވާލެވިގެން މަސައްކަތްތަކެއް ހިންގޭނެއެވެ.
އެގޮތުން ހިންގޭ މަސައްކަތްތަކުގެ ތެރޭގައި؛
- އަތޮޅުތަކާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކޮށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ރޭވޭނެ ހަރަކާތްތައް ދެނެގަތުން
- ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ގުޅޭ މައްސަލަތަކަށް ހައްލު ގެނައުމަށް އެކްޝަން އޮނިގަނޑެއް އެކުލަވާލުން
- ވަޒީފާ އަދާކުރުމާއި ވިޔަފާރިކުރުން ޒުވާނުންގެ މެދުގައި ކުރިއެރުވުން
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ޖޮބް ސެންޓަރުތަކުގެ ޚިދުމަތް ވަލްނަރެބަލް ޒުވާން އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދިނުމަށް ފުޅާކުރުން
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ކެރިއަރ ޕޯޓަލްއަށް އެޓް ރިސްކް ޒުވާނުން ހިމެނުމަށް ކޯޑިނޭޓްކުރުން
- ޔޫތު ސެންޓަރުތައް ރިޕަރޕަސްކޮށް އިނޮވޭޓިވް ލެބްތަކެއް ޤާއިމްކޮށް ޒުވާނުން އިކޮނޮމިކަލީ އެމްޕަވަރ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން
އެމްއޯޔޫގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޔޫތު މިނިސްޓަރ މަހުލޫފް ވިދާޅުވީ ޒުވާނުންނާ ގުޅޭ ކަންކަމަށް ޚާއްސަ މިނިސްޓްރީއަކީ ޔޫތު މިނިސްޓްރީކަމުގައި ވިޔަސް ޒުވާނުންނާގުޅޭ ވަރަށް ގިނަކަންކަން އެކިއެކި މިނިސްޓްރީތަކުން ކުރިޔަށް ގެންދާކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއެކު ސޮއިކުރި މިއެއްބަސްވުމަކީ އެމިނިސްޓްރީގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއްކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ އެންމެ ބޮޑު މަސައްކަތަކީ ވަޒީފާއާއި ވިޔަފާރިތައް ކުރިއެރުވުންކަމަށެވެ. އެހެންކަމުން ޔޫތު މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދެ މިނިސްޓްރީ ގުޅިގެން ވަރަށްއަވަހަށް ޒުވާނުންނަށް ހާއްސަކޮށްގެން ބިޒްނަސް ޕިޗް ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފަވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

We've signed an MOU with @MoEDmv to form a joint committee to support their work on youth economic empowerment and youth unemployment. Thank Min. @faya_i for the assistance being provided in youth related matters. pic.twitter.com/eYhhGJm22c
— Ahmed Mahloof (@AhmedMahloof) November 18, 2020
އެގޮތުން ހިންގޭ މަސައްކަތްތަކުގެ ތެރޭގައި؛
- އަތޮޅުތަކާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކޮށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ރޭވޭނެ ހަރަކާތްތައް ދެނެގަތުން
- ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ގުޅޭ މައްސަލަތަކަށް ހައްލު ގެނައުމަށް އެކްޝަން އޮނިގަނޑެއް އެކުލަވާލުން
- ވަޒީފާ އަދާކުރުމާއި ވިޔަފާރިކުރުން ޒުވާނުންގެ މެދުގައި ކުރިއެރުވުން
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ޖޮބް ސެންޓަރުތަކުގެ ޚިދުމަތް ވަލްނަރެބަލް ޒުވާން އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދިނުމަށް ފުޅާކުރުން
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ކެރިއަރ ޕޯޓަލްއަށް އެޓް ރިސްކް ޒުވާނުން ހިމެނުމަށް ކޯޑިނޭޓްކުރުން
- ޔޫތު ސެންޓަރުތައް ރިޕަރޕަސްކޮށް އިނޮވޭޓިވް ލެބްތަކެއް ޤާއިމްކޮށް ޒުވާނުން އިކޮނޮމިކަލީ އެމްޕަވަރ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން
އެމްއޯޔޫގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޔޫތު މިނިސްޓަރ މަހުލޫފް ވިދާޅުވީ ޒުވާނުންނާ ގުޅޭ ކަންކަމަށް ޚާއްސަ މިނިސްޓްރީއަކީ ޔޫތު މިނިސްޓްރީކަމުގައި ވިޔަސް ޒުވާނުންނާގުޅޭ ވަރަށް ގިނަކަންކަން އެކިއެކި މިނިސްޓްރީތަކުން ކުރިޔަށް ގެންދާކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއެކު ސޮއިކުރި މިއެއްބަސްވުމަކީ އެމިނިސްޓްރީގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއްކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ އެންމެ ބޮޑު މަސައްކަތަކީ ވަޒީފާއާއި ވިޔަފާރިތައް ކުރިއެރުވުންކަމަށެވެ. އެހެންކަމުން ޔޫތު މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދެ މިނިސްޓްރީ ގުޅިގެން ވަރަށްއަވަހަށް ޒުވާނުންނަށް ހާއްސަކޮށްގެން ބިޒްނަސް ޕިޗް ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފަވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު