އިކޮނޮމިކް މިނިސްޓަރ ފައްޔާޒް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އޮފީސްކޮޅުގައި އަދިވެސް ބޭނުންކުރައްވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ބޭނުންކުރެއްވި ގޮނޑިކޮޅުކަމަށް ފައްޔާޒް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ، އެމަނިކުފާނު މާބޮޑު ގޮނޑިކޮޅެއް ބޭނުންކުރައްވާކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ދެއްކި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ. ފައްޔާޒްގެ ގޮނޑިކޮޅާއި ގުޅޭގޮތުން މީހަކު ކުރި ޓްވީޓެއްގައި ބުނީ ފައްޔާޒްގެ ގޮނޑިކޮޅުވެސް މިހާރު އާދަޔާ ޚިލާފަށް ބޮޑުވެއްޖެކަމަށެވެ. އަދި މިހާރު ފައްޔާޒަކީ ހަމައެކަނި ކެބިނެޓްގެ ވަޒީރުގެ "ބޮސް" ނޫންކަމަށާއި ފައްޔާޒަކީ މުޅި ދައުލަތުގެ "ބޮސް" ނުވަތަ ވެރިޔާކަމަށެވެ.



ފައްޔާޒަށް ފާޑު ކިޔަމުންދިޔަ މީހާގެ ޓްވީޓްތަކަށް ރައްދުދެއްވަމުން ފައްޔާޒް ވިދާޅުވީ އޭނާ އޮފީހުގައި ބޭނުންކުރަމުންދަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދުވެސް ބޭނުންކުރެއްވި ގޮނޑިކޮޅުކަމަށެވެ.



ފައްޔާޒް ކުރެއްވި ޓްވީޓްގައި ގޮނޑިކޮޅާއި ގުޅިގެން ދެއްކި ވާހަކަތަކަށް ރައްދުދެއްވިޔަސް، އެމަނިކުފާނަކީ ދައުލަތުގެ "ބޮސް" ކަމަށް ބުނެ ދެއްކި ވާހަކަތާމެދު އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒާ ގުޅޭ ގޮތުން މިއަދު ކުއްލިއަކަށް މިފަދަ ވާހަކަތަކެއް މީސްމީޑިއާގައި ދައްކަން ފެށިއިރު ރައްޔިތުންގެ މަޖިީހުގައި މިހާރު ކުރިއަށްދާ ބަޖެޓުގެ ބަހުސްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވަނީ މިނިސްޓަރ ފައްޔާޒަށް އަމާޒުކޮށް ވަރަށް ބޮޑެތި ތުހުމަތު ތަކެއް ކުރަށްވައި ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އާޒިމް މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ފައްޔާޒަށް ފައިދާވާ ގޮތަށް ބޭނުމެއް ނެތް ގިނަ ކުންފުނިތަކެއް ހަދާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ސިފަކުރަށްވާފައިވަނީ ފައްޔާޒަކީ މި ސަރުކާރުގެ "ބްރޯ" ގެ ގޮތުގައެވެ. އަދި ރައީސް ނަޝީދު ވަނީ ފައްޔާޒު އުޅުއްވާ ގޮތާއިމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ފައްޔާޒު މަގާމުން ވަކި ކުރުމަށް ވެސް މަސައްކަތް ކުރަށްވާފައެވެ. ނަމަވެސް އަދި ފައްޔާޒު ގުޑުވާލެވިފައި ނުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފައްޔާޒަށް ކުރަށްވާ އިތުބާރެއްގެ ބޮޑުކަމާއި ބަހައްޓަވާ ގާތްކަމެއްގެ ސަބަބުން ކަމުގައި ބެލެވެއެވެ. ގިނަ މީހުން ބުނާ ގޮތުން ފައްޔާޒަކީ ރައީސް އިބްރާހީމްގެ ކެބިނެޓްގައި ވަރަށް ހިންގުންތެރި އަދި ވަރަށް ބާރުގަދަ ވަޒީރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން