ރައީސް ސޯލިހް އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރައްވަނީ
ރައީސް ސޯލިހް އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރައްވަނީ
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކުރީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައެވެ. އިލެކްޝަން ކޮމިޝަނުގެ ނާއިބު ރައީސް އަޙްމަދު އަކްރަމް އެކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި އެކޮމިޓީއަށް އަކްރަމާއި އެކޮމިޝަނުގެ މެންބަރުންގެ އިތުރުން މިމައްސަލައިގެ ވިކްޓިމް ހާޒިރުކޮށްވަނީ ސުވާލުކޮށްފައެވެ.

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން މިގޮތަށް ފާސްކުރި ނަމަވެސް އެކަމުގައި ފަހުގެ ނިއްމުން ނިއްމާނީ މަޖިލީހުގެ ތަޅުމުންނެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި  ޖަލްސާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން