ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން ދިވެހި ރައްޔިތުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ސަރުކާރުގެ ނާޤާބިލްކަމާއި ބަޖެޓްގައި ހުރި މައްސަލަތަކަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. ޝިޔާމް ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުން ޗައިނާގެ ލޯނުތަކަށް ފާޑު ކިޔަމުންދާއިރު، ރައީސް ޔާމީންގެ ސަރުކާރުން ލޯނުތައް ނަގާފައިވަނީ ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްފަހުކަމަށެވެ. އަދި މިއަދު ޗައިނާއާ ދެކޮޅަށް ބައެއްް ބޭފުޅުން ވާހަކަދައްްކަމުންދާއިރު، ޗައިނާއާ ނުލައި ދުނިޔޭގެ އެއްވެސް ޤައުމަކަށް ކުރިއަށްނުދެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ޕީޕީއެމް ސަރުކާރުގައި ޗައިނާއާއެކު އޮތީ ބަދަހި ގުޅުމެއް. ޕީޕީއެމްގެ ސަަރުކާރުން ޗައިނާއިން ލޯނުތައް ނެގިއިރު އޮވޭ ޔަޤީންކަން ރާއްޖެއަށް ދަތިވާ އެއްވެސް ކަމެއް ޗައިނާއިން ނުކުރާނޭކަން. އެކަން ޤަބޫލުކުރަން އެބަޖެހޭ.

ދުނިޔޭގައި އެންމެ ގިނަ ފައިސާ އޮތީ ޗައިނާގައި. ދުނިޔޭގެ އެންމެ ގިނަ ޤައުމުތަކުން ލޯނު ނަގަމުންދަނީ ޗައިނާއިން. އެކަމުން އަޅުގަނޑުމެން އެކަހެރިވުމަށް އުޅުމަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބަނަވެގެންދާނެ ކަމެއް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް މަސައްްކަތްކުރާ ވާހަކަ ދެއްކޭށް ނެތްކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އޮތީ ހުސް ސަރުކާރުގެ ވާހަކަކަމަށާާއި، އެބަޖެޓުގައި ރައްޔިތުންނަށް އެއްވެސް އެއްޗެއް ނެތްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު މި ނާގާބިލް ސަރުކާރަކަށް ހޮެއުވެރިކަމުގެ ވާޙަކަ ދެއްކޭކަށް ނެތް. ބަޖެޓުގައި އޮތީ ސަރުކާރުގެ ވާހަކަ. ރައްޔިތުންގެ ވާހަކައެއް ނެތް މިބަޖެޓުގައެއް، އަޅުގަނޑުމެންގެ ޕާޓީންވެސް މިގޮވާލަނީ މިބަޖެޓް އަނބުރާ ފޮނުވާލާށޭ، ރައްޔިތުންގެ ހާލަތަށް ބަދަލެއް އަންނަފަދަ ބަޖެޓަކަށް ބަދަލުކޮށްގެން ގެންނާށޭ. މިއީ ދަރަނީ ބޮޑު ހުވަފެނީ ބަޖެޓެއް، މިބަޖެޓުން ދިވެހި ރައްޔިތުންނަށް ހާސިލްވާނެ އެއްކަމެއްވެސް ނެތް." ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތަށް އަލި އަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ މާލީ އިދާރާތަކުންނާއި ރައްޔިތުން ދައްކާ ވާހަކަ މިސަރުކާރުން އަޑުއަހަންޖެހޭކަމަށެވެ. އެހެން ނޫންނަމަ މިޤައުމު އަޅުގަނޑުމެންނަށް ގެއްލޭ ހިސާބަށް ކަންކަން ހިނގައިދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޕީޕީއެމްގެ މެމްބަރުންވެސް ވާހަކަދައްކަމުންދާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބަޖެޓަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނަކީ ވޯޓް ދެވޭ މެމްބަރެއް ނަމަ މިބަޖެޓަށް ވޯޓު ނުދެއްވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ނައިފަރު ހަމީދުބޭ

24-Nov-2020

2013 އިން 2018 އަށްދިޔަ 5 އަހަރުގެ ބަޖެޓްވަނީ ޔާމީނަށް ސަނާކީމީހުންގެ ފައިކޭޓަށް.އޭގެ މީހެއް ޝިިާާާާާާާާާމަކީވެސް.އެކަމަކު މިފަހަރު ބަޑެޓްގައި ޝިިޔާމު ފައިކޭޓަށް ވަންނާނެ އެއްޗެއް ނެތްކަން ޔަގީންވާތީ އެތެޅެނީ.ތެޅުންވަރަކަށް ފައިބާނީ ހުޅުނބު



ޓްރެންޑިން