މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
އެއްވެސް ޤައުމަކަށް ރާއްޖެއިން ދައްކަންޖެހޭ ދަރަންޏެއް ރައީސް ޞާލިހުގެ ސަރުކާރުން ދައްކާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް މުހިއްމުވާނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަންކަމަށެވެ. އަދި ރާއްޖެއަކީ ޒިންމާދާރު ޤައުމެއްކަމަށާއި، ދައްކަންޖެހޭ ކޮންމެ ލޯނެއްވެސް މިސަރުކާރުން ދައްކާނެކަމަށެވެ.

ޝަރީފް ވިދާޅުވީ މިސަރުކާރުން ވެފައިވާ އެއްބަސްވުންތަކަށް މިސަރުކާރުން ފުރިހަމައަށް އިޚްތިރާމްކުރާނެކަމުގެ ޔަޤީންކަންވެސް އެބައޮތްކަމަށެވެ. އަދި ބައެއް ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކައަކީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތަށް ދައްކަވާ ވާހަކަތަކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.



ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ދައްކާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޝަރީފް ވިދާޅުވެފައި މިވަނީ، ޗައިނާއިން ނަގާފައިވާ ލޯނުތައް ރާއްޖެއިން ނުދެއްކޭނެކަމަށް ބުނެ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. ޚާއްސަކޮށް ރައީސް ނަޝީދު ގެންދަވަނީ ޗައިނާގެ ލޯނުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަމުންނެވެ. ނަޝީދު ވިދާލުވަނީ މާމަގެ ފަށްޓަރުބައި ވިއްކާލިޔަސް ޗައިނާގެ ލޯނުތައް ނުދެއްކޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން