އަހުމަދު މަސްނޫމް   19 ނޮވެމްބަރު 2020 - 17:17
2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގެ ބަހުސް ނިންމާލައިފިއެވެ.

މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސް ރޭ ނިންމާލާފައިވާއިރު، މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 69 މެމްބަރަކު ވަނީ ބަހުސްގައި ވާހަކަ ދައްކަވާފައެވެ. ހޯމަދުވަހު ފެށި ބަޖެޓް ބަހުސަށް 15 ގަޑިއިރާއި 43 މިނެޓް ހޭދަކޮށްފައިވާކަމަށް މަޖިލީހުން ވިދާޅުވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި 34.8 ބިލިއަން ރުފިޔާގެ ބަޖެޓަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ފޯރިގަދަ ބަހުސެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސަރުކާރުގެ ދަރަނީގެ ވާހަކަަތަކާއި، ބަޖެޓުން ކަމެއް ހާސިލުނުވާ ވާހަކަތައް އިދިކޮޅު މެމްބަރުން ފާހަގަކުރެއްވިއިރު، ސަރުކާރުގެ މެމްބަރުން ވަނީ ކުރީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ބަޖެޓަށް ބުރަބޮޑުވެފައިވާކަމަށް ވިދާޅުވެފައެވެ.

ބަޖެޓް ބަހުސްގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ސަރުކާރަށްވެސް ފާޑު ކިޔާފައެވެ. އެގޮތުން ބައެއް ވަޒީރުންނަށް ވަކިން ޚާއްސަކޮށް މެމްބަރުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ބަޖެޓް ބަހުސް ނިންމާލާފައިވާއިރު، ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް އާދީއްތަދުވަހަށް ނިންމާލާނެކަމަށް މަޖިލީހުން ބުނެއެވެ. އަދި މުޅި ބަޖެޓަށް ވޯޓަށް އަހާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން