އަހުމަދު މަސްނޫމް   19 ނޮވެމްބަރު 2020 - 18:4
ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ޓްރާންސްޕޯރޓް މިނިސްޓަރ ނަހުލާ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ޓްރާންސްޕޯރޓް މިނިސްޓަރ ނަހުލާ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްޤީކުރި ފުރަތަމަ އެއަރޕޯޓް، ހއ. ހޯރަފުށީ އެއަރޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ހއ. ހޯރަފުށީ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. ހޯރަފުށި އެއަރޕޯޓް ހުޅުވުމަށް ކުރިން ހަމަޖައްސާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއަރޕޯޓް ހުޅުވުން ފަސްކުރީއެވެ.

ހޯރަފުށި އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

ހޯރަފުށީގައި ސަރުކާރުން ތަރައްޤީކުރި އެއަރޕޯޓަކީ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި އެއަރޕޯޓެކެވެ.

ހއ.ހޯރަފުށީގައި އެއަރޕޯޓްގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް އެއަރޕޯޓުގައި ހިމެނެއެވެ.

ކުރީ ސަރުކާރުން ހއ މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއަރޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. 2019 ވަނަ އަހަރު އޭޕްރީލްމަހު ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެން އެރަށުގައި އެއަރޕޯޓް ތަރައްޤީކުރަން ފެށި މަޝްރޫޢަކީ ހއ.އަތޮޅުގެ އުތުރުގެ ރަށްތަަކަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދުމަށް ފެށި މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު


10

ފާތުން

24-Nov-2020

އެމް ޑީ ޕީ އަކީ ވައުދްވެ ވައުދް ފުއްދާ ޕާޓީ އެއް


-4

އަސްމާލު

24-Nov-2020

ވަރައް ރަންގަޅު ވަރައް ފުރިހަމަ ސުުުކުރިއްޔާ ރައީސް އައް



ޓްރެންޑިން