މާލޭގައި މިމަހު ކުރީކޮޅު އަންހެނަކު ރަހީނުކުރިކަމަށް ބުނާ މައްސަލައިގައި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިމައްސަަލަައަކީ މިމަހު ކުރީކޮޅު މާލެއިން ގެއްލުނު ޝިރުމީނާ އަބޫބަކުރު ނަމަކަށް ކިޔާ އަންހެނަކު ރަހީނުކުރިކަމަށް ބުނާ މައްސަލައެވެ. އޭނާ ގެއްލިގެން ފުލުުހުންނަށް ރިޕޯޓްކޮށްފައިވަނިކޮށް ގެއަށް އައިސްފައިވަނީ އަމިއްލައަށެވެ. އަދި އޭނާ ގެއްލުނީ ޝިރުމީނާ ގެއްލުނީ ބަޔަކު އޭނާ ރަހީނު ކުރުމުން ކަމަށާއި އޭނާގެ އަތުން 25 ހާސް ރުފިޔާވެސް ފޭރިގެންފައިވާކަމަށް އޭނާ ބުނެއެވެ.

ފުލުހުން ބުނީ އަންހެން މީހާ ރަހީނުކޮށް ފައިސާ އަތުލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިމައްސަލައިގައި ފުލުހުން ވަނީ 31 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ވަނީ ކޯޓުން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން