ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
2021 ވަނަ އަަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ ބަޖެޓް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ހޯރަފުށީގެ އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ މިހާލަތުގައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ. އެހެންކަމުން އެ ބަޖެޓް ފާސްކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައި އޮތް މި ދަތި ހާލަތުގައި ސަރުކާރުން ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން." ރައީސް ވިދާޅުވިއެވެ.

މިއީ ކިތަންމެ ދަތި ވަގުތެއް ނަމަވެސް މިއީ ފައިސާ ހޯދައިގެންވެސް ކަންކަން ކުރަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ. އައު ބަޖެޓްގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ، ތައުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އިޖްތިމާއީ ދާއިރާއަށް 3.7 ބިލިއަން ރުފިޔާ އަދި ގެދޮރު އިމާރާތް ކުރުމަށް 2.3 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ރައީސް ވަނީ ފާހަގަަކުރައްވާފައެވެ.

ޢެމަނިކުފާނު ވިދާޅުވީ އައު ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާނީ މުސާރަތަކާއި ހިންގުމަށް ހިނގާ ހަރަދުތަކާއި އާސަންދަ އާއި ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތް އަދި އެކަނިވެރި މައިންނަށް ދޭ އިނާޔަތް ކަމަަށެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި މާލެ ބްރިޖާއި މާލޭ ޕޯޓާއި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުން ހިމެނޭ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ބަޖެޓްގައި ހިމަނާފައިވާ ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މިވަގުތަކީ ޕްރޮޖެކްޓް ހުއްޓާލާން ވީ ވަގުތު ނޫން ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. މިއީ ކަނޑައެޅިގެެން ލިބިފައި ހުރި ފައިސާ ކަމަށްވާތީ މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން