ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލަންޖެހޭ ކަަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ވަނީ 300 މިލިއަން ރުފިޔާ އާއި ހަމަޔަށް ބިން ވިއްކައިގެން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ އަދަދު އެހެން ގޮތްގޮތުން ބިން ވިއްކައިގެން އިތުރުކުރެވެން އެބަ އޮތް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ދޫކުރާ ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެއީ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ދޫކުރާ ވަރަށް ރާއްޖޭގެ ބިމުގެ ތަނަވަސްކަން ނެތުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލައި ސޯޝަލް ހައުސިން ރައްޔިތުންނަށް ދޫކުރަން ޖެހޭ ކަމަށާއި، އަދި އެ ތަންތަނުން އަތް ފޯރާފަށުގެ އަގެއް ނަގަން ޖެހޭ ކަމަށެެވެ. އަދި މިހާރު އޮންނަ ގޮތް ބަދަލުކޮށް ބިން ވިއްކަން ފަށައިފި ނަމަ މިހާރު ސަރުކާރަށް ބިން ވިއްކައިގެެން ލިބޭނެކަމަށް އޮތް 300 މިލިއަން ރުފިޔާ އާމްދަނީ ދޮޅު ބިލިއަން ރުފިޔާއަށް ބަދަލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބިން ވިއްކުމަށް މިހާރު ކަނޑައެޅިފައިވަނީ ބިން ހުރި ރަށްރަށުން ބިންގަތުމަށް 300 މިލިއަން ރުފިޔާ. ހުރިހާ ސަރަހައްދުން ބިން ދޫކުރާ ގޮތަށް މިބަދަލު ގެނެސްފިނަމަ އާމްދަނީގެ ބައި އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެނީ. 300 މިލިއަން ރުފިޔާ ދޮޅު ބިލިއަން ރުފިޔާ އަށް އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން." އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ ދަރަނި ބޮޑުވާ މައްސަލަ އަށް އިޝާރަތްކުރައްވަމުން އަސްލަމް ވިދާޅުވީ ދަރަނި ބޮޑުވާތީ ކަންބޮޑުނުވާ ކަމަށެވެ. އެއީ ދަރަނި ދެއްކުމަށް މިއަހަރުވެސް ހޭދަކުރަން ޖެހުނީ އާމްދަނީގެ ކުޑަ އިންސައްތައެއް ކަމަށްވުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ބޭރު ދަރަނީގެ ގޮތުގައި 29 ބިލިއަން ރުފިޔާ އަދި ޑޮމެސްޓިކް ދަރަނީގެ ގޮތުގައި މިވަނީ 40.4 ބިލިއަން ރުފިޔާ، މީގެ ތެރޭގައި މައުމޫންގެ ސަރުކާރުގައި ވާރުތަވެފައިވާ ދަރަނިވެސް އެބަވޭ." އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު