ހއ. ހޯރަފުށީގައި މިއަދު ހުޅުވި އެއާޕޯޓަކީ އުތުރުގެ އިގްތިސާދު ކުރިއަރާނެ ނާރެހަކަށް ވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ހޯރަފުށި އެއާޕޯޓްގެ ސަބަބުން ހއ. އަތޮޅުގެ ސަރަހައްދުގައި އިތުރު ވަަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ އާ ހަރަކާތްތައް ފެށުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ހޯރަފުށި އެއާޕޯޓްގެ މަޝްރޫއު އަވަހަށް ނިންމައި އެއާޕޯޓްގެ ހިދުމަތް މި ސަރަހައްދުގެ ރައްޔިތުންނަށް ދޭން ފެށުމުގެ މަރުހަލާއަށް އައީ އަތޮޅުތައް ތަރައްގީ ކުރުމުގެ ސިޔާސަތު ރައީސް ގެންގުޅުއްވާތީ ކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ރައީސް އަށް ޝުކުރު އަދާކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅައި، ހަމަ އެ ބާރު މިނުގައި އެ މަޝްރޫއެއް ނިންމާ ސަރުކާރެއް، އަޅުގަނޑުމެން ދެމިތިބޭނީ އިގްތިސާދީ އަދި އިޖްތިމާއީ ދެމެހެއްޓެނވި ހައްލެއް ހޯދައިދޭ ބަޔެއްގެ ގޮތުގައި،" ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ހޯރަފުއްޓަށް އުފަން އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން ނަހުލާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ހއ. ހޯރަފުށީގައި މިއަދު ރަސްމީކޮށް ހުޅުވި އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްގީކުރަން މި ސަރުކާރުން ކުރާނެ މަސައްކަތްތަކުގެ ފެށުން ކަމަށެވެ.
"މިއީ މުޅި އިހަވަންދިއްޕޮޅުގެ ތަރައްގީގެ ފެށުން. މިއީ ތުރާކުނާއި އުލިގަމާއި މޮޅަދު އާއި އިހަވަންދު އާއި ތަކަންދޫ، މާރަންދޫގެ ރައްޔިތުން ވެސް އުއްމީދުކުރަމުން އައި ތަރައްގީ ގެނެސްދޭނެ އެންމެ މުހިއްމު އެއް ވަސީލަތް،" ރައީސް ވިދާޅުވި އެވެ.
ހޯރަފުށީގެ އެއާޕޯޓަކީ އެ ސަރަހައްދުގެ ޓޫރިޒަމަށް ވެސް ލިބުނު ވަރަށް ބޮޑު އުއްމީދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު