ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު މަގާމުން ވަކިކުރުމުގެ މައްސަލާގައި ގޮތެއް ނިންމަން އެނގޭނީ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭނުންވާނަމަ މަލީހު ވަކި ކުރުމަކީ އެ ޕާޓީއަށް ފަސޭހަ ކަމެއް ކަމަށެވެ. އެ ޕާޓީ މި ވަގުތު އޮތީ މަޖިލީހުގެ ސުޕަ މެޖޯރިޓީއަކާއި އެކުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ނުރަނގަޅު ކަމެއް ކުރާ ކަމަށް ފެންނަނަމަ އޭނާ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރިޔަށް ގެންދެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މަލީހުގެ މައްސަލައިގައި ގޮތެއް ނިންމާނީ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަލީހު ވިޔަސް އަދި ޖޭޕީގެ އިތުރު ވަޒީރަކު ވިޔަސް ނުރަނގަޅު ކަމެއް ކުރާނަމަ އެކަމަކާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މިނިސްޓަރ މަލީހު ވަކިކުރުމަށް އެމްޑީޕީގެ 10 މެމްބަރަކު ސޮއި ކުރައްވާ މި މައްސަލަ ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕަށް ހުށަހަޅާފައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށައެޅި މައްސަލާގައި ވަނީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށެވެ.

މަލީހު ވިދާޅުވީ އޭނާއަށް އަދަބުދެނީ ޤާނޫނު އަސާސީގައިއޮަތް ހައްގެއްވެ ބޭ ނުން ހިއެއޕެވުމުންނެވެ.ވުމުން.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން