ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމަށް ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު އިއްޔެ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރެއްވި ކަމަށާއި، ގަވަރުނަރަށް ފުރިހަމައަށް އިތުބާރު އޮތް ކަމަށެވެ. ރައީސް ވިދާޅުވީ ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމަށް ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.އޭގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ޓީމަށް ވެސް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާ މި ދަތި ހާލުގައިވެސް އެ އަދަދަށް ފައިސާ ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފައިނޭންޝިއަލް ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސައެއް ނުލާނެ. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން