ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން މިހާތަނަށް 57 މީހަކު ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ އެއަރޕޯޓުގެ ކާގޯ ޑިޕާރޓްމަންޓުން 57 މުވައްޒަފަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށާއި، އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު، 14 ވަނަ ދުވަހު ހަތް މީހަކު އަދި 15 ގައި ތިން މީހަކު، އަދި 16 ވަނަ ދުވަހު 10 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.
އެޗްއީއޯސީން ބުނީ ބޮޑުކްލަސްޓާއަކަށް އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓް ވެފައިވާ ކަމަށާއި، އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 57 އަށް އަރާފައިވާ ކަމަށެވެ. އަދި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 77 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 68 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 40 ބިދޭސީންނެވެ. މިބަލި ޖެހިގެން މިހާތަނަށް ރާއްޖެއިން 45 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު